ޒަވާޖީ ހަޔާތެއް ބާއްޖަވެރި ކުރުމުގެ ބައެއް އުކުޅު

މިހާރަކަށް އައިސް ދިރިއުޅުމުގައި އެންމެންވެސް ފެންނަނީ އަވަދިނެތި ބުރަކޮށްއުޅޭ މަންޒަރެވެ. ފޯނެއް ކޮށްލިއަސް މިވަގުތު ވަރަށް ބިޒީއޭ ބުނެލުމަށްފަހު ވާހަކަ ކުރުކޮށްލައެވެ. ދިރިއުޅުމުގައި ވަގުތަކީ ކޮންމެ މީހަކުވެސް ހޯދީމަ ލިބޭ އެއްޗެކެވެ. ވަގުތު ހުސްކުރުމުގެ މުހިންމުކަމާއި އެކަމުގެ ބުރަދަން ވިސްނާނަމަ ހަމަގައިމުވެސް އެކަން ކުރާނެއެވެ. ޚާއްސަކޮށް ތިމާގެ ބައިވެރިޔާއާއި އެކު ކޮންމެވެސް ވަގުތެއް ހުސްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. ދިރިއުޅުމުގައި ދިމާވާ އެކި އެކި މައްސަލަތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްލުމާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަމާއި […]