ޝައްކު ކުރަނީ، ޝައްކު ކުރާވަރުގެ ކަންތައް ކުރާތީއެވެ!

ދިވެހިރާއްޖޭގައި ގިނަ މީހުން ކައިވެނިކުރަނީ ކައިވެނީގެ ކުރިން އެކަކު އަނެކަކަށް ހިތްކިޔާ ލޯބިން ކައިވެނިކުރަން ބޭނުންވުމުންނެވެ. އެހެންނަމަވެސް މިފަދަ ގިނަ ކައިވެނިތައް ރޫޅެނީ ހީވެސް ނުކުރާފަދަ ސަބަބުތަކާހުރެއެވެ. ލޯބިން އުޅުނު ދެމަފިރިއެއްގެ ވަރިވުމުގެ ޚަބަރު އިވުމުން އެއީ އެކަން ވެދާނެ ގޮތްކަމަށްވެސް ގަބޫލުކުރަން ދަތިވާފަހަރު އާދެއެވެ. ސަބަބަކީ އެމީހުން އެކުގައި ކުރި ޗުއްޓީ ދަތުރުތަކާއި، ހޭދަކުރި އުފާވެރި ވަގުތުތަކުގެ ފޮޓޯ ސޯޝަލް މީޑިއާއިން ކުރިން ފެނިފައިވުމެވެ. ގިނަފަހަރަށް ކައިވެނި ރޫޅެނީ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުނުކުރެވި […]