ބޯއެނބުރުން: ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައް

ބޯއަނބުރާ މީހުންނަށް ދަތުރުފަތުރުކޮށް އުޅުންވަނީ ވޭނަކަށެވެ. އާއްމުކޮށް ބޯއެނބުރުމުގެ މައްސަލަ ދިމާވަނީ ދިގުދަތުރުކުރާ މީހުންނަށް ކަމުގައިވިއަސް، ދުއްވާއެއްޗަކަށް އަރާއިރަށް މިހެން ދިމާވާ މީހުން އުޅެއެވެ. މިފަދަ މީހުން ބޯޓު، ދޯނި އަދި ކާރަށް އެރުމުގެ އިތުރަށް އުނދޯލި ހެއްލުމުންވެސް ބޯއަނބުރައެވެ. މީގެއިތުރުން އެމިއުޒުމެންޓް ޕާކުތަކުގައި ހުންނަ ދުއްވުންތައް ދުއްވާލުމުންވެސް މިހެން ދިމާވެއެވެ. ރޯލާކޯސްޓަރ ފަދަ އެއްޗަކަށް އަރައިފިނަމަ މިގޮތަށް ބޯއަނބުރާ މީހުންނަށް ވަރަށް ބޮޑުވަރުވެ ހޮޑުލެވެއެވެ. ބޯއަނބުރާގޮތް ދިމާވަނީ ކޮންބަޔަކަށް؟ މިކަހަލަ ކަންކަން ތަޖުރިބާކުރާ އެއްބަޔަކީ "މައިގްރޭން"ގެ […]