ބޭނުންކޮށްފަ ހުންނަ ތަކެތި އުކާނުލާ ގުޅަންވީ ހުސައިން އަށް!

ގޭގައި ބޭނުންކޮށްފަ ހުންނަ ތަކެތި ބާވުމުން އާއެއްޗެހި ގަންނަ މީހުން އުޅެއެވެ. ބާވެގެން އުކާލާ އެއްޗެއްސަކީ އެހެން މީހަކަށް އޭގެ ބޭނުން ކޮންމެވެސް ގޮތަކަށް ކުރެވިދާނެ އެއްޗެކެވެ. އަދި އަންނައުނު އުކާލާއިރު ބައެއް އަންނައުނަކީ ބާވެގެން އުކާލާ އެއްޗެއް ނޫނެވެ. ގިނަ ދުވަހު ބޭނުންކުރެވުމުން އާކޮށްލުމުގެ ބޭނުމުގައި އުކާލަނީއެވެ.  ބޭނުންކޮށްފައި ހުންނަތަކެތި އުކާނުލާ އެއިން ފައިދާއެއް ހޯދިދާނެ ރަނގަޅު ފުރުސަތެއް އެބައޮތެވެ. އެއީ ހުޅުމާލޭގެ ރަށު މާރުކޭޓުގައި ހުންނަ 18 ވަނަ ނަންބަރު ގޮޅިއަށް އެތަކެތި ދިނުމެވެ. […]

ދަލޭކައާއި އަވަލީ 2 ޖިންނިއަށް ވީގޮތް

ރައްޓެހިން ނެތުމުން އަހަރެން އުޅެމުންއައީ ވަރަށް އެކަނިވެރި ގޮތެއްގައެވެ. ހަމައެކަނި ހުރިމީހަކީ އަޒީޒުއެވެ. އެއީ ތެދުވެރި އެހީތެރިއެކެވެ. އަދި ވަރަށްގާތް އަޚެކެވެ. އޭނަގެ އޯގާވަންތަކަމަށް އަހަރެން ޝުކުރުކުރަމެވެ. އެއްދުވަހަކު އަޒީޒު އާއިއެކު ކަޅައިދޫއަށް އަހަރެން ދިޔައީމެވެ. އަބަދުވެސް އަހަރެންގެ ދަތުރުނާމާ އަތުގައި އޮވެއެވެ. އެހެންވެ މިއަދުވެސް އެފޮތް ގެންދިޔައީމެވެ. އަޒީޒުގެ އެހީތެރިކަމާއެކު ކަޅައިދޫގެ ވަރަށް އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް ވަދެވިއްޖެއެވެ. އެގޭގައި އުޅެނީ ވަރަށް މުސްކުޅި ދެމަފިރިންނެވެ. ފިރިހެންމީހާގެ އުމުރަކީ 85 އަހަރެވެ. އަންހެންމީހާގެ […]