ވަކިވެދިޔައީ ގައުމު ފަޚުރުވެރިވާނެ ބަޠަލަކަށް ވުމުގެ އުންމީދުގަ ހުރި ރަނގަޅު ޒުވާނެއް!

އިއްޔެ މާފިލާފުއްޓަށް ޓްރެއިނިންގ އަށް ދިޔަ ގދ.ގައްދޫ އަށް އުފަން ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް ނިޔާވީ، ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވަނީ މައުލޫމާތު ދީފައެވެ. ރާފިލް ދަންނަ އެންމެން އޭނާ ސިފަކޮށްފައިވަނީ ވަރަށް އަޚްލާގު ރަނގަޅު ޒުވާނެއްގެ ގޮތުގައެވެ. ރާފިލް ތަޢުލީމް ހާސިލްކުރި ގދ. އަތޮޅު މަދަރުސާ އިން އާންމުކުރި ތަޢުޒިޔާގެ މެސެޖުގައި ވެސް ވަނީ އެމަދަރުސާގެ ކެޑޭޓް […]
ބަނޑުހިކުން: ތަޖުރިބާގެ އަލީގަ ހައްލުކުރުމަށް ކުރެވިދާނެ ކަންތައް!

ބަނޑުހިކުން ނުވަތަ ބޮޑުކަމުދާން ދަތިވުން މިއީ ވަރަށް ވޭންހުރި ކަމެކެވެ. މިކަން ތަޖުރިބާކުރަމުންދާ ކޮންމެ މީހަކީވެސް މިކަމުގެ ވޭނުގެ ވާހަކަ ދައްކާ މީހެކެވެ. މިމައްސަލަ ބޮޑަށް ދިމާވަނީ އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މާބަނޑުމީހުންނާއި، ތުއްތު ކުދިންނަށް ކަމުގައިވީނަމަވެސް މިކަމަކީ ކޮންމެ އުމުރު ފުރައަކަށްވެސް ދިމާވެދާނެ ކަމެކެވެ. ބައެއް މީހުންނަށް މިކަމަކީ އާއްމުކޮށް ދިމާވާ ކަމެއްކަމުގައިވެއެވެ. ބަނޑުހިކެން ދިމާވަނީ ކިހިނެއް؟ އާއްމުގޮތެއްގައި ބަނޑުހިކެން ދިމާވަނީ ކެއުމަށް ގެންނަ ބަދަލުތަކެއްގެ ސަބަބުންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. […]