"ހެޕީ ވިމެންސްޑޭ" މިހެން ބުނުމަކުން ނުފުދޭ

"ހެޕީ ވިމެންސްޑޭ". ހެނދުނު އިރުއެރުމާއެކު ސޯޝަލް މީޑިއާ ފުރިގެންދިޔައީ ދުވަހުގެ ތަހުނިޔާގެ މެސެޖުތަކުންނެވެ. މިއީ މާރިޗު މަހުގެ 8 ވަނަ ދުވަހަށްވެފައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވީތީއެވެ. އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކަށްވެފައިވަނީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެއްގޮތުގައެވެ. އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު މުޖުތަމަޢުތެރޭގައި އަންހެނުން ބާރުވެރި […]

ގެވެށި އަނިޔާ ހުއްޓުވާނީ ކާކު؟ ތިބާގެ ރޯލެއް ވޭތަ؟

ކުރީ ޒަމާނުގައި ގެވެށި އަނިޔާއަކީ ގޭތެރޭގެ އާއިލީ ސިއްރެކެވެ. އާއިލާގެ ތެރޭގައި ހިންގާ އެފަދަ ކަންކަން ބޭރުތެރެއަށް ހާމަކުރުމަކީ ކުށެއްކަމަށް އަނިޔާ ތަހަންމަލު ކުރާ މީހާއާއި އަނިޔާ ފެންނަ މީހުންނަށް ހީކުރެވިފައި އޮތް ޒަމާނެއްވެސް ދިވެހިން ދެކެފައިވެއެވެ. އާއިލާގެ މީހަކު ބޭޒާރުވެދާނީ އެމީހާ ރައްކާތެރިކުރުން ވެފައިއޮތީ މުހިންމު ކަމަކަށެވެ. އަނިޔާ ލިބޭ މީހާއަށް އިންސާފު ހޯދައިދީ އަނިޔާއިން ސަލާމަތްކޮށްދިނުމަކީ އޭރު މުހިންމު ކަމަކަށް ނުވިއެވެ. އެހެންނަމަވެސް ހަގީގަތުގައި ގެވެށި އަނިޔާގެ މަންޒަރު ފެންނަ މީހާއަކީ އެކަން ހުއްޓުވަން […]