ހާދިސާ: ވަނީ ދޮރުން

އެއްދުވަހަކު ޔޫސުބު ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރުގެ ގެއަށް ދިޔައެވެ. އޭރު ހޮސްޕިޓަލެއް ނުހުރެއެވެ. ހުންނަނީ ހަމައެކަނި ޑޮކްޓަރގެއެވެ. ޑޮކްޓަރުގެ ގެއަށް ވަންނަ ދޮރު ހުޅުވާލައި ޔޫސުބު ޑޮކްޓަރު އަރިހަށް ހިނގައްޖެއެވެ. އިންނެވީ ބިދޭސީ ޑޮކްޓަރަކާއި ތަރުޖަމާނެކެވެ. ޔޫސުބު ޑޮކްޓަރު އަރިހަށް ދިއުމުން ކައިރީގައި ހުރި ގޮޑީގައި އިށީނުމަށް އިޝާރާތްކުރުމުން ޔޫސުބު އިށީނުމާއިއެކު ތަރުޖަމާނު އޭނާއާއި ސުވާލުކުރިއެވެ. ބޭބެ ކިހިނެއްވަނީ؟ އެސުވާލު ކުރުމާއިއެކު ޔޫސުބު ފުރަގަހަށް އެނބުރިލައި ދޮރަށް އިޝާރާތްކޮށްފައި ބުނެލިއެވެ. ވަނީ މިހިރަ ދޮރުންނެވެ. އެހެން ބުނުމާއިއެކު […]
ފުރަތަމަ 100 ދުވަހުގެ ވައުދުގައިވާ މިނީ ބަހުގެ ޚިދުމަތް ފަށަން ނުވޭތަ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލިފައިވާ ދަނޑިވަޅުގައި ރާއްޖޭގައިވެސް ތެލުގެ އަގު ވަނީ ބޮޑުވެފައެވެ. އެއާއެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ސެންޓަރުތަކުގެ ވެރިންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދަތުރުތަކުގެ އަގު ބޮޑުވާނެ ކަމަށް ޓެކްސީ ސެންޓަރުންތަކުން ބުނެއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އެންގުމަކާ ނުލާ ޓެކްސީ ދަތުރެއްގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅުއަޅާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފުލުހުންވެސް ވަނީ ޓެކްސީގެ އަގުބޮޑުކުރާ ޑްރައިވަރުންނަށް ގާނޫނާއި […]