ދެރަކަމެއް ދިމާވާއިރަށް އެއީ މީހެއްގެ ފަރާތުން ދިމާވި ބަދުނަސީބެއް ކަމުގައި ހީކޮށް ހިތް ނުބައި ނުކުރޭ!

އިސްލާމް ދީނުގައި ރިވެތި އަޚްލާގީ ސިފަތަކަކީ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭ، މަންފާހުރި، ސިފަތަކަކަށް ވީއިރު ބައެއް މުސްލިމުންގެ އުޅުމުން އެމާތް ސިފަތައް އެކަށީގެންވާ މިންވަރަށް ނުފެނެއެވެ. ރިވެތި އަޚްލާގުގެ ސިފަތަކުގެތެރެއިން ކެތްތެރިކަމަކީ، ވަރަށްގިނަ އުނި ސިފަތަކުން ސަލާމަތްކޮށްދޭ ސިފައެކެވެ. ކެތްތެރިވުމަށް ކީރިތި ޤުރުއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ވެއެވެ. ދުނިޔަވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ސިއްހަތު ސަލާމަތުން ހުންނައިރު، އަނެއްބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވެއެވެ. ބައެއްފަހަރު އަތްމަތި ތަނަވަސްކޮށް އުޅޭއިރު، […]