މައިންބަފައިންގެ ލޯބިން މަޙްރޫމުވެފައިވާ މަޝްހޫރު ސްކޭޓަރ

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ މައިންބަފައިންގެ ލޯބިން މަޙްރޫމުވާންޖެހުނު ކަމުގައިވިޔަސް ހިތްވަރާއެކު ދިރިއުޅުން ކުރިއަށް ގެންދަން ދަސްވެފައިވާ ބައެކެވެ. ވަރަށް ކުޑައިރުއްސުރެ އެލޯބިން މަހްރޫމުވެ އަޅާލާނެ މީހެއް ނެތިފައި ތިބި އެތައް ކުދިންނެއް ކުޑަކުދިންގެ ހިޔާގައިވެސް ދިރިއުޅެމުންދެއެވެ. މިގޮތުން ތައިލެންޑުގެ "ޕަކްޗޯ" ޕްރޮވިންސަށް އުފަން އުމުރުން 28 އަހަރުގެ ކަންޔާ ސެސާ އަކީ މައިންބަފައިންގެ ލޯބިން މަޙްރޫމުވެފައިވާ މީހެކެވެ. އުފެދުމުގައި ނުކުޅެދުންތެރިކަން ހުރި ކަންޔާއަކީ އުފަންވިއިރުވެސް ދެފައިނެތް މީހެކެވެ. އެހެންނަމަވެސް އޭނާއަކީ ދިރިއުޅުމުގައި ކަންކަން ކުރަން މީހެއްގެ […]