ރަމަޟާންމަހަށް ތައްޔާރުތަ؟

ރަމަޟާންމަހަކީ މުސްލިމުންނަށް ޚާއްޞަ މަހެކެވެ. މި މަސް ޚާއްޞަވުމުގައި ވަރަށް ގިނަ ސަބަބުތައްވެއެވެ. މިއީ ރަޙުމަތުގެ މަހެކެވެ. ފާފަ ފުއްސެވުމުގެ މަހެކެވެ. ތަޤްވާގެ މަހެކެވެ. މި މަހަކީ ތިބާގެ ޙަޔާތުގައި ހޭދަވާ އެގާރަ މަސްދުވަހުގައި ކުރެވޭ ފާފަތައް ފުހުލުމަށް ލިބޭ ކުރު މަގެކެވެ. އިބްނު ޖައުޒީ ރަޙިމަހުއްﷲ، އެކަލޭގެފާނުގެ " بستان الواعظين " މި ފޮތުގައި ވިދާޅުވެފައިވެއެވެ. "އަހަރުގެ ބާރަ މަސްދުވަސް ޔަޢުޤޫބުގެފާނުގެ 12 ދަރިންފަދައެވެ. 12 މަސްދުވަހުގެ ތެރެއިން ރަމަޟާން މަސް، ޔަޢުޤޫބުފާނުގެ ބާރަ […]