ވީޑިއޯ: ހަނގުރާމައިގެ ހާލަތުގަ ޔޫކުރެއިންގައި ދިވެހި ދަރިވަރުން ކުރި ހިތްދަތި ތަޖުރިބާ

ޔޫކުރެއިންގަ ދިވެހި ދަރިވަރުން ހޭދަކުރި ބިރުވެރި ދުވަސްތައް އަދި އެކުދިންގެ ކަންބޮޑުވުން!

ވަށައިގެން އިވެމުންދިޔައީ ސައިރެންގެ އަޑާއި، ޖެޓުތަކުގެ އަޑެވެ. ބޮންގޮއްވާ އަޑުތަކާއި މީހުންގެ ހަޅޭކާއި ގިސްލުމުގެ އަޑުތަކެވެ. ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮންމެ މީހަކުވެސް ކުރަމުންދިޔައިރު ހާރްކީވްގައި ތާށިވި ދިވެހިންނަށް ކުރެވޭނެ އިހުސާސް ލިޔުމުން ބަޔާންކުރަން ދައްޗެވެ. މިއީ މިފަދަ ބިރުވެރި ތަޖުރިބާއެއް ގިނައަދަދެއްގެ ދިވެހި ދަރިވަރުން ކުރަންޖެހުނު ފުރަތަމަފަހަރަށް ވުމަކީ އެކަށީގެންވާކަމެކެވެ. މިދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކުރެއިން އަށް އަރާ ރަޝިއާ ސިފައިން ހަމަލާދޭން ފެށިއިރު 'ހާރްކިވް ނެޝަނަލް މެޑިކަލް […]