ދަރިންގެ ޓެސްޓު ކައިރިވުމުން މައިންބަފައިން ބުނެގެން ނުވާނެ ބަސްތައް!

ސުކޫލު ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށްވެސް އިމްތިހާނަކީ އެކުދިންގެ މުސްތަގްބަލަށް ވަރަށް މުހިންމު އެއްޗެކެވެ. އަދި ބެލެނިވެރިންނަށްވެސް އިމްތިހާން މުހިންމުވެއެވެ. އެހެންނަމަވެސް އެއްވެސް ހިސާބަކުން އެކުދިން ދެރަވާކަހަލަ ނުވަތަ ހިތްމަރާލާ ގޮތަށް ބަހެއް ބުނެގެން ނުވާނެއެވެ. އެކުދިންގެ މުސްތަގްބަލާމެދު ހާސްކޮށްލާފަދަ އެއްޗެއް ބުނެގެން ނުވާނެއެވެ. މިސާލަކަށް ދަރިންގެ ޓެސްޓު ދުވަސްވަރު، އެކުދިންގެ އިމްތިހާނުން ވާނެ ގޮތަކާއިމެދު މައިންބަފައިން ކަންބޮޑުވާ މިންވަރު، އަދި އެކުދިންގެ މުސްތަގްބަލާމެދު ކިހާ މިންވަރަކަށް ކަންބޮޑުވާކަން ހާމަކޮށް އެފަދަ ވާހަކަތައް ދައްކައިގެން ނުވާނެއެވެ. އަދި […]
ވީޑިއޯ: ހުޅުމާލެ ސާފުކޮށް ބޭއްވުމަށް އެންމެން އެއްބާރުލުންދެމާ!

ހުޅުމާލެ ސާފުކޮށް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން ދަނީ ވަރަށް ބުރަކޮށް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ހިތާމައަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިން ހިތްހަމަޖެހުން ހޯދުމަށް ދާ ސަރަހައްދުތަކަށް ކުނިއަޅާ މީހުން އުޅޭތީއެވެ. ކުނިކަހާ ދައްތަމެން އެކުރާ ބުރަމަސައްކަތް ނިކަން ވިސްނާލަބަލާށެވެ. ޑަސްޓްބިނަށް ކުނިއަޅާނަމަ މިހާރަށްވުރެ ކުނި މަދުވާނެކަން ޔަގީނެވެ. ފަރުދީޒިންމާ އަދާކުރުން މުހިންމެވެ. ތިރީގައި މިވަނީ ސާފުކުރުމުގެ މަސައްކަތްކުރާ މީހަކު ދީފައިވާ އިންޓަވިއުއެކެވެ.