ފެނުގެ ދުވަސް: ދެ ބިލިއަން މީހުންނަށް ރައްކާތެރި ފެނެއް ނުލިބޭ!
ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ އާބާދީގެ 2 ބިލިއަން މީހުން އުޅެމުންދަނީ ރައްކާތެރި ފެން ނުލިބިކަމަށްވާތީ މިކަމަށް ހޭލުންތެރިކުރުމަށެވެ. ފެނުގެ ދުވަހުގެ މައިގަނޑު މަގްސަދަކީ އދ.އިން ހާސިލް ކުރުމަށް އަމާޒު ހިފާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން 6 ވަނަ ލަނޑުދަނޑި ކަމުގައިވާ، 2030 ވަނަ އަހަރާއި ހަމައަށް ހުރިހާ […]