ނަމާދަކީ ހިތަށް ހަމަޖެހުން ލިބޭ ނޫރެއް

އީމާންކަމުގެ ތެދުވެރި ބުރުހާނެއް ކަމުގައްޔާއި، ދުނިޔެއާއި، އާޚިރަތުގައި، މުއުމިނާގެ ނޫރުކަމުގައި އެކަލާނގެ ނަމާދު ލެއްވިއެވެ. ނަމާދަކީ އިސްލާމްދީން އެއެއްޗެއްގެ މައްޗަށް ބިނާވެގެންވާ ދީނުގެ ތަނބެވެ. އަޅާއާއި ކާފިރުކަމާ ދެމެދުގައިވާ ހުރަހެވެ. އެ ދޫކޮށްލައިފި މީހާ ދީން މުގުރާލައިފިއެވެ. އެ ޤާއިމުކޮށްފި މީހާ ދީން ޤާއިމުކޮށްފިއެވެ. އެއީ ރެއާއި ދުވާލު 5 ފަހަރު ތަކުރާރުވާގޮތަށް ފަރުޟު ކުރެއްވިގެންވާ އަޅުކަމެކެވެ. ނަމާދަކީ އޭގެ ސަބަބުން އަހަރެމެންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާނެ ކަމެކެވެ. އޭގެ މިސާލެއް ބަޔާންކުރައްވަމުން ރަސޫލާ ސައްލަﷲ […]