ލޮނުުދާހިއްލުން: މަޝްހޫރު ޑޮކްޓަރެއްގެ އިރުޝާދު

ބައެއް މީހުންނަކީ އުފެދުމުގައިވެސް ވަރަށް ބޮޑަށް ދާހިއްލާ ބައެކެވެ. ބައެއް މީހުން ދާހިއްލަނީ މޫނުމަތިން ނުވަތަ ކިހިލިފަތް ދޮށުންނެވެ. ހެދުމެއްލިޔަސް ދާހިއްލާ ވަރުން އުދަގޫވާ މީހުންވެސް އުޅެއެވެ. އާއްމުކޮށް ހޫނު މޫސުމުގައި ދާހިއްލާ މިންވަރު އިތުރުވެގެންދެއެވެ. ނަމަވެސް ފިނި މޫސުމުގައިވެސް ދާހިއްލުމަކީ ބައެއް މީހުންނަށް ދިމާވާ ކަންބޮޑުވާ މައްސަލައެކެވެ. ގޭތެރޭގައި ހުސްފައިގައި ހިނގާފައި ދާއިރުވެސް ދާހިއްލުމުގެ ސަބަބުން ހިނގާފައި ހުންނަ ފިޔަވަޅު އެނގޭވަރަށް ހަޑިވެފައި ހުރެއެވެ. އަތުން ދާހިއްލާނަމަ އެއްޗެއްގައި ހިފާލިޔަސް އަތްތިލަ ހުންނަނީ ތެމިފޯވެއެވެ. މިގޮތަށް […]