ޒީޓައިމްސް ބަދިގެ: ކަށިކެޔޮ ބަތްޕެން

ބޭނުންވާތަކެތި: 2 ޖޯޑު ކަށިކެޔޮ (ކޮށާފައި) 1/2 ޖޯޑު ހަނޑޫ (އަވީލާފައި) 3 އިންޗި ރާނބާފަތް 1 ½ ޖޯޑު ހަކުރު 5 ޖޯޑު ފެން 1 ޖޯޑު މާފެން 1 ޖޯޑު ކާށިކިރު 1/2 ޖޯޑު ހުނި ތައްޔާރުކުރާނެ ގޮތް: ފުރަތަމަ ފެނުގެތެރެއަށް ރާނބާފަތް އަޅައިގެން ކަށިކެޔޮ މަޑުކުރާނީއެވެ. ކަށިކެޔޮ މަޑުވުމުން ފެންތައް ފުރާނާލާފައި ކަށިކެޔޮތައް ސަމުސަލަކުން ނުވަތަ މިކްސްޗަރުން ކުޑަކޮށް ޗަސްކޮށްލާށެވެ. ބާކީ ފެން ހުރިނަމަ ވަކިން ބަހައްޓާށެވެ. ހަނޑޫކޮޅު ފެންއަޅައިގެން ވަކިން މަޑުކުރާށެވެ. […]
ކުޑަކުދިންނަށް ދިވެހިން ލިޔެފަހުންނަ ޖުމްލަތައް ކިޔަން ދަސްކޮށްދެވިދާނެ ގޮތްތަކެއް!

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިންނަށް ދަސްކުރަން ފަސޭހަވާނީ އެކި ގޮތްގޮތަށް ބުނެދިނުމުންނެވެ. ކުއްޖާއަށް އަކުރުތައް ދަސްކޮށްދޭން އެންމެ ފަސޭހަގޮތަކީ ކޮބައިތޯ ބެލުމަށް ތަފާތު ގޮތްތަކަށް ބެލެނިވެރިޔާއަށް މަސައްކަތް ކުރެވިދާނެއެވެ. މިލިޔުމުގައި މިހިމަނާލަނީ އަޅުގަނޑުގެ ދަރިފުޅަށް ހާށަވިޔަނީގެ އަކުރުތައް ކިޔަން ދަސްކޮށްދިނުމުގައި މަސައްކަތްކުރި ގޮތެވެ. އަކުރުތައް ދަސްކޮށްދިނުން އެންމެ ފުރަތަމަ ހާށަވިޔަނީގެ އަކުރުތައް ވަކިން ނައްޓާ ތައްކުރެވޭނެ ކަހަލަ ބޯޑެއް ގަތީމެވެ. އެބޯޑު ވެގެންދިޔައީ ކުޅިވަރުގެތެރޭގައި ދަސްކޮށްދޭން ލިބުނު ފުރުސަތަކަށެވެ. އަކުރުތައް ވަކިން ހޯދާ އެއަކުރެއް […]