ޒައިތޫނި، ލޮނުމެދު، ބީޓްރޫޓް ގަންނައިރު ވިސްނަންވީ ކަންތައްތައް!

ދުވަހުގެ ބިޒީ ޝެޑިއުލްގައި މަސައްކަތްކުރަމުންގޮސް ގަޑި ނިމެން ކައިރިވާއިރަށް ފޯނަށް އޮންނަނީ ގަންނަންޖެހޭ ތަކެތީގެ ލިސްޓް ލިބިފައެވެ. ތަރައްގީވެ ކުރިއަރަމުންދާ މިޒަމާނުގައި މަގުމައްޗަށް ނިކުމެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކޮންމެވެސް ބާވަތެއްގެ އެއްޗެއް ވިއްކާ ތަންތަނެވެ. ތަރުކާރީއާއި މޭވާ ވިއްކާ ފިހާރަތައް ގިނަވިއަސް ތާޒާ ބާވަތްތައް ލިބެންހުންނަނީ މަދު ފަހަރަކުއެވެ. އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މީހުން ބަލަނީ ލިބިފައިވާ ވަގުތުގެ ކުޑަކަމުން އެ ފޮނުވާފައިވާ ލިސްޓުގެ ގިނަ ބާވަތްތަކެއް އަވަހަށް ގަނެގެން ގެއަށްދިއުމަށެވެ. ތިރީގައި މިވަނީ […]

އެއްގެއިން އަނެއްގެއަށް: އެހީތެރިވުމަށް ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެއް!

ޒަމާނުއްސުރެ ދިވެހިންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގައި ނަމޫނާ ބައެކެވެ. ރޯދަމަހާއި ދިމާކޮށް ގޭގައި ގެންގުޅޭ ބައެއް ސާމާނު އާކޮށްލުމަކީ ދިވެހިންގެ އާދައެކެވެ. އެގޮތަށް އަލަށް ތަކެތި ގަންނައިރު ކުރިން ގެންގުޅުނު ތަކެތި ހިލޭސާބަހަށް ބޭނުންޖެހިފައިވާ މީހުންނަށް ދޭ މީހުން އުޅުނަސް ބައެއް މީހުން އެފަދަ ތަކެތި ކުޑައަގެއްގައި ދަނީ ވިއްކަމުންނެވެ. ކޮވިޑުގެ ދުވަސްވަރު އެކަށީގެންވާ އާމްދަނީއެއް ނުލިބި ގެއަށް ކޮންމެހެން ބޭނުންވާތަކެތި ނުގަނެވޭ ހާލަތުގައި ތިބި މީހުންވެސް އެބައުޅެއެވެ. މިފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެކި […]