އެވޭލާ ބިރުވެރި ހާދިސާ: ގަބުރެއްގެ ކައިރީގަ ކުރެވުނު ތަޖުރިބާ!

އަހަރެންގެ އުމުރަކީ މަންމަމެން ބުނާގޮތުން 11 އަހަރެވެ. އުމުރަށް ބަލާއިރު ހަށިގަނޑު އަނަރޫފަކަން ފާހަގަކުރެވެއެވެ. މަންމަމެންވެސް ކިޔާއުޅެނީ މިއީ އަހަރުމެންގެ ހިކިދަރިފުޅެވެ. އެކަމަކު އަހަރެންނަކީ މަންމަގެ އެންމެ ދޮންކުއްޖާއޭވެސް ބުނެއެވެ. އަދި ބަސްއަހާ އެންމެ ޤުރުއާން ކިޔެވުމަށް މޮޅު ދަރިއަކީ އަހަރެންކަމަށް މީހުން ކައިރީ ބުނެއުޅެއެވެ. އަހަރެންގެ ކިޔެވުމުގެ އަޑު އަހާފައި އެމީހުންގެ ތައުރީފްގެ ބަސްވެސް ލިބެއެވެ. އެކަމާ އަހަރެން ބޮޑާވެ ފަޚުރުވެރި ނުވަމެވެ. އެއިރުވެސް ޝުކުރު ކުރަންޖެހޭ ފަރާތަކީ ﷲ ކަން އަހަންނަށް އެނގެއެވެ. އެފަރާތާއި […]
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގަ 183 މީހުން: ބައެއް މީހުން ގޭބަންދުގައި!

ލޮލުގެ ކޮއިފަދައިން ގެންގުޅޭ ލޯބިވާ ދަރިންނަށް ޖިންސީގޯނާކޮށް އެކުދިންގެ މުޅި ދިރިއުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލަން ފަސްނުޖެހޭ މީހުން މި މުޖުތަމައުގައި ވެސް އެބައުޅެއެވެ. ބައެއް ފަހަރަށް މިނުބައި އަމަލު ހިންގަނީ ކުއްޖާގެ އާއިލީ މީހެކެވެ. ހިމާޔަތްދޭން ހުރި އަތުން ކުއްޖާއަށް އިހާނެތިވަމުންދާއިރު މިފަދަ ކަންތައްތައް ސިއްރުކުރާ އާއިލާތައް އުޅޭކަމީ ހިތާމަހުރިކަމެކެވެ. މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގައި ބުނެފައިވާގޮތުން މިހާރުވެސް 172 […]