ތަރާވީޙް ނަމާދު، ދަމު ނަމާދު އަދި ވިތުރި

ތަރާވީޙް ނަމާދާއި، ދަމު ނަމާދާއި، ވިތުރިއާއި މި ހުރިހައި ނަމާދަކީވެސް ޤިޔާމުއްލައިލެވެ. ތަރާވީޙް ނަމާދަކީ ރަމަޟާންމަހަށް ޚާއްޞަކޮށް ކުރެވޭ ރޭ އަޅުކަމެކެވެ. ތަރާވީޙް ނަމާދަކީ ރަމަޟާންމަހުގެ ކޮންމެ ރެއަކު ޢިޝާނަމާދުން ފޭބީއްސުރެން ފަތިސް ނަމާދު ބަންގިއާއި ޖެހެންދެން، ކުރުން ޝަރުޢުވެގެންވާ ނަމާދެކެވެ. އެ މީހަކަށް ފަސޭހަ ވަގުތެއް އިޚްތިޔާރުކޮށް ތަރާވީޙް ނަމާދު ކުރަންވީއެވެ. އަދި އެމީހަކަށް ކުޅަދާނަވީ މިންވަރަކަށް ނަމާދުގެ ރަކުޢަތްތައް ކުރެވޭނެއެވެ. މި ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. މި ނަމާދުކުރުން ސުންނަތްވެގެންވަނީ ޖަމާޢަތުގައެވެ. ވަކިވަކީން […]