ރަސޫލާ ﷺ ގެ ސީރާ: އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ސިފަފުޅުތައް!

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ […]
ޒީޓައިމްސް ބަދިގެ: ޖެލީ ޑްރިންކް

ބޭނުންވާތަކެތި: ½ ޖޯޑު ކުދިކޮށް ކޮށާފަހުރި ޖެލީ 4 މޭޒުމަތީ ސަމުސާ ފޯކޮށްފަހުރި އިސްބަގުލު 4 އައިސްކިއުބް 1 ތަށި ފިނިކޮށްފަހުރި ދިޔާކިރު 4 މޭޒުމަތީ ސަމުސާ ރޯސްސިރަޕް 2 މޭޒުމަތީ ސަމުސާ ހިކިކިރު ތައްޔާރުކުރާނެ ގޮތް ދިޔާކިރު، ހިކިކިރު، އައިސްކިއުބް އެއްކޮށް މިކްސަރަށް އަޅާފަ ރަނގަޅަށް ފޮނުއަރަންދެން ގިރާށެވެ. ތައްޓަށް ރޯސްސިރަޕް އަޅާފައި މިކްސަރުން ގިރިބައި އަޅާށެވެ. އިސްބަގުލު އެއްކޮށްލުމަށްފަހު މައްޗަށް ޖެލީ އަޅާށެވެ.
ފޮޓޯ: ސަލްމާން މިސްކިތަކީ ޖާގަ ތަނަވަސް ރީތި މިސްކިތެއް!

ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ބިނާކުރަން ފެށި މިސްކިތެކެވެ. މިމިސްކިތް ނަމާދު ކުރުމަށް އާންމުކޮށް ހުޅުވާލީ މި އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގައެވެ. މިމިސްކިތުގެ ފުރަތަމަ 2 ފަންގިފިލާ ނަމާދު ކުރުމަށް ޚާއްސަކޮށްފައިވާއިރު، ތަފާތު ބޭނުންތަކަށް ޚާއްސަ ހޯލުތަކާއި، ލައިބްރަރީއެއް ވެސް ހުރެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބިނާކުރެވުނު އެންމެ އަގު ބޮޑު އަދި އެންމެ ރީތި މިސްކިތެވެ. ތިރީގައިވާ ސަލްމާން މިސްކިތުގެ […]