ރަސޫލާ ﷺ ގެ ސީރާ: އެންމެހައި މަޚުލޫޤުން އެކަލޭގެފާނަށް ތަޢުރީފްކުރާނެ ސަބަބު

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ […]
ކުރު ވާހަކަ: ރާގު

ކުޑަބަދިގެފަރާތުގައި ހުރި ދަރު އުނދުން ބޭނުން ނުކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެއީ އާބިދާމެންގޭގައި މަސް އެންމެ ތިޔާގި ދުވަސްވަރު ބޭނުންކުރަމުން އައި އުނދުނެކެވެ. ނަމަވެސް މިހާރު އެގޭ ދޯނިން އާބިދާ ފިރިމީހާ ހަސަން މަހަށް ދިއުން ހުއްޓާލާފައިވާތީ ދަރުއުނދުން ބޭނުންކުރަން ޖެހޭހާ ގިނައިން އެގެއަށް މަހެއް ނުލިބެއެވެ. އެހެންކަމުން އެ ބަދިގޭގެ ބޭނުން މިހާރު މުޅިންހެން ކެނޑިއްޖެއެވެ. އެހާ ގިނައިން ކުޑަބަދިގެ ފަރާތަށް ނުދެވޭތީކަމަށްވެސް ވެދާނެއެވެ. ބަދިގެ ބިއްދޮށުގައި ހުރި ދޮންކެޔޮފީނިން މުޅި ހިސާބު އޮތީ […]
ޒީޓައިމްސް ބަދިގެ: ބޭކްޑް ބްރޮކޮލީ ޓޮޓްްސް

ބޭނުންވާތަކެތި: 2 ޖޯޑު ބްރޮކޮލީ (ނުކައްކައި ހުރި) 1 ބިސް 1/3 ޖޯޑް ޗެޑަރ ޗީޒް (ގާނާފައި) 1/3 ޖޯޑް ފާރޮށި ކުނޑި 2 ސައިސަމުސާ ޕާސްލީ ފަތް ނުވަތަ ރޯސްމެރީފަތް 1/2 ސައިސަމުސާ ލޮނު 1/2 މުގުރި އަސޭމިރުސް 1/4 ބައި ފިޔާ (ގާނާފައި) 2 ލޮނުމެދު (ގާނާފައި) 2 ރޯމިރުސް ތައްޔާރުކުރާނެ ގޮތް ފުރަތަމަ ކެކިކެކި ހުރި ހޫނުފެން އެއްޗެއްގެ ތެރެއަށް ބްރޮކޮލީތައް އަޅާލާފަ މިނިޓެއްހާއިރު ބަހައްޓާށެވެ. އެއަށްފަހު ރީއްޗަށް ކޮށާލާށެވެ. ދެން ބާކީހުރި […]