ރަސޫލާ ﷺ ގެ ސީރާ: އެކަލޭގެފާނުގެ ހަށިކޮޅުގައި ރަސޫލުކަމާއި ނަބީކަމުގެ ސިއްކައެއް!

ރަސޫލުﷲ ﷺ ގެ ހަށިކޮޅުގައި ރަސޫލުކަމާއި ނަބީކަމުގެ ސިއްކައެއް ހުރެއެވެ. އެއީ އެކަލޭގެފާނުގެ ދެކޮނޑުފުޅުގެ މެދުގައި ބޮނބިފަޅީގައެވެ. އެއީ އުފަން ލަފެއްފަދައިން އެކަލޭގެފާނުގެ ހަށިކޮޅުގައި ﷲ ލެއްވި ސިއްކައެކެވެ. ކޮތަރު ބިސް ބުރަށް ކުޑަ ތަންކޮޅެއްގައި ހުރި މިސިއްކައަކީ ކުޑަކޮށް އުފުލިފައި ހުސް އިސްތަށި ހުރި ތަންކޮޅެކެވެ. ސަލްމާން ފާރިސީ އިސްލާމްވެވަޑައިގަތީ މިސިއްކަ ބައްލަވައި ޗެކުކުރެއްވުމަށްފަހުއެވެ. ޖާބިރު އިބުނި ސަމުރާ ޙަދީޘްކުރެއްވި ޙަދީޘެއްގައިވެއެވެ. އެއްރޭ އެކަލޭގެފާނު ރޭގަނޑު ގެއަށް ވަޑައިގެންނެވިއިރު ވަރަށް ރީތިކޮށް ހަނދު ފެންނަން ހުއްޓެވެ. […]

ހަށިގަނޑަށް ފެން ލިބިދޭ ފައިދާހުރި މޭވާ

އިންސާނާގެ ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ބޭނުންވެއެވެ. ފެން މަދުވުމުގެ ސަބަބުން ވަރަށް ގިނަ އުދަގޫތައް ތަހައްމަލު ކުރަންޖެހެއެވެ. އާއްމުގޮތެއްގައި ހޫނު މޫސުމެއްނަމަ ފެން ބޭނުންކުރާ މިންވަރު އިތުރުވެގެންދެއެވެ. ފެން މަދުވުމުގެ ސަބަބުން ބައެއް ބަލިތައް ޖެހުން އަވަސްވެއެވެ. ޚާއްސަކޮށް ރަމަޟާން މަހުގައި ފެން ބޮވޭ މިންވަރު މަދުވެއްޖެނަމަ ވަރަށް ބޮޑަށް ހަށިގަނޑުގެ ހަކަތަ ގެއްލެއެވެ. ބޮލުގައި ރިހުމާއި އަނބުރައިގަތުން ކަހަލަ ކަންކަން ދިމާވެއެވެ. ހަށިގަނޑުގެ ހައިޑްރޭޝަން ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ފެން ލިބިދޭ ފައިދާހުރި ކާނާ […]