ރަސޫލުﷲ ﷺ ގެ ސީރާ: މިއީ މުޢުޖިޒާތެއް!

އިސްލާމް ދީނުގެ ދުސްތޫރަކީ ކީރިތި ޤުރްއާންއެވެ. އިސްލާމް ދީނަށް އުޅުމަށްޓަކައި ޤުރްއާންގެ މާނަ އުނގެނި ދަސްކުރަންޖެހެއެވެ. ޤުރްއާންގެ މާނަ އާއި ތަފްސީރު އުނގެނި ދަސްކުރުމަށް ފަހިކޮށްދޭ މައިގަނޑު ވަސީލަތަކީ އެކަލޭގެފާނުގެ ސީރާއެވެ. ސީރާއިން އާޔަތް ބާވައިލެއްވި ހާލަތާއި ސަބަބު ދެނެގަނެވެއެވެ. އަދި ރަސޫލުﷲ ﷺ ދެއްވި ތަފްސީރުތައް ދެނެގަނެވެއެވެ. މިސާލަކަށް ޟުޙާ ސޫރަތަށް ބަލާލަމާތޯއެވެ. މިސޫރަތުގައި ބަޔާންކޮށްފައިވާ ވާހަކަތައް ދެނެގަނެވޭނީ ސޫރަތް ބާވައި ލެއްވި ސަބަބާއި ހާލަތު އެނގިގެންނެވެ. މިދެންނެވި ސަބަބާއި ހާލަތު އެނގޭނީ ރަސޫލުﷲ ﷺ […]
ކުރުވާހަކަ: ދެބީނުން

އާދައިގެމަތިން އަހަރެން ސްކޫލު ނިމިގެން ގެއަށް އައިސް ގޭދޮރުމަތީގައި ހުރި ޖޯލީގައި އިށީދެލައިގެން އިނދެވުނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. މަންމައަކީ ޓީޗަރަކަށްވުމުން ގެއަށް އަންނަންވާއިރަށް ގޭތެރޭ ކަންކަން ނިންމާލާފައި ބަހައްޓަން ބޭނުންވިއަސް ކަންނެތްވެފައި އިނދެވުނީއެވެ. ކުއްލިއަކަށް އިވެންފެށީ މެންދުރު ނަމާދުގެ ބަންގީގެ އަޑެވެ. އަވަސް އަވަހަށް މީހުންތައް މިސްކިތާއި ދިމާލަށް ދާތަން ފެނެއެވެ. ޖެހިގެން ހުރި ގެއިން މިސްކިތަށް ދާންވެގެން ނިކުތް ކުއްޖާ އަހަންނާއި ދިމާލަށް ކަތި ނަޒަރަކުން ބަލާލިހެން ހީވިއެވެ. އެއީ ހީވި ހީވުމެއް ނުވަތަ […]