ރަސޫލާ ﷺ ގެ ސީރާ: ބުދަށް އަޅުކަންކުރުން ދުނިޔެއަށް ތަޢާރަފްވިގޮތް

ބުދަށް އަޅުކަންކުރުން ދުނިޔެއަށް ތަޢާރަފްކުރީ ނޫހުގެފާނު ގައުމުގެ މީހުންނެވެ. މިކަން ކީރިތި ޤުރްއާނުގެ ނޫހު ސޫރަތުގެ 23 ވަނަ އާޔަތުން އެނގެއެވެ. ﷲ ވަޙީކުރައްވަނީ (އާޔަތް) އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހުންތައް (އެބަހީ ބުދުތައް) ތިޔިބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވައްދައާއި ސުވާޢުއާއި ޔަޣޫޘްއާއި ޔަޢޫޤުއާއި ނަސްރުއާއި (މިބުދުތައް) ދޫކޮށްނުލާހުށިކަމެވެ! މިއާޔަތުގައި އަންގަވާ ބުދުތަކަށް ދީފައިވާ ފަސް ނަމަކީ ނޫހުގެފާނުގެ ގައުމުގައި އުޅުނު ހެޔޮލަފާ ޞާލިޙު ފަސް މީހުންނެވެ. އެމީހުން މަރުވުމުން މީސްތަކުން […]
ރޯދަމަހު ކަސްރަތު ކުރާއިރު މިކަންކަމަށް ސަމާލުވޭ!

ރޯދަމަހުގައިވެސް އަމިއްލަ ހަށިގަނޑަށް ސަމާލުވެ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރުމަކީ މުހިންމު ކަމެކެވެ. މި ރޯދަމަހުގެ ބައެއް ދުވަސްތައް ވަރަށް ހޫނުގަަދައިރު ކަސްރަތު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ފިޓްނެސް އިންސްޓްރަކްޓަރ ފައިސަލް ގެ ނަސޭހަތަކީ 'ސްޓްރެންތް ޓްރެއިނިންގ' ނުވަތަ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް ކުރާ ކަސްރަތުތައް ދުވާލު ކުރުމަށާއި 'ކާޑިއޯ' ކަސްރަތުތައް ރޯދަވީއްލައިގެން ކުރުމަށެވެ. އަދި ދުވާލުގަޑީގައި ކުރާ ކަސްރަތުތަކަކީ ލުއި ކަސްރަތުތަކަށް ހެދުމަށާއި 'ހައި އިންޓެންސިޓީ ވޯކްއައުޓް'ތައް ރޯދަވީއްލުމަށްފަހު ރޭގަނޑު ކުރުމަށް މިއިންސްޓްރަކްޓަރ އިރުޝާދު ދެއެވެ. 'ހެވީ […]