ރަސޫލުﷲ ﷺ ގެ ނަސަބުފުޅު

ރަސޫލުﷲ ﷺ އުފަންވެވަޑައިގަތްއިރު ރޫމީ ޚިލާފަތުގައި އޮތީ ނަޞާރާ ދީނެވެ. ރޫމީ ޚިލާފަތަކީ ޔޫރަޕުގައި އޭރު އޮތް ވެރިކަމެވެ. ނަޞާރާ ދީނުގައި އޭރު މައިގަނޑު ދެ ބައެއް އުޅުނެވެ. އެއީ ޔަހޫދީ ނަޞާރާއިންނާއި ޕޯލީން ނަޞާރާއިންނެވެ. ޔަހޫދީ ނަޞާރާއިންނަކީ މޫސާގެފާނު ގެންނެވި ޝަރީޢަތް ގަބޫލުކޮށް ޢީސާގެފާނު ފޮނުއްވީ އެމީހުންގެ ޤައުމަށްކަމަށް ގަބޫލުކުރި މީހުންނެވެ. އެކަމަކު ޕޯލިން ނަޞާރާއިންނަކީ ޢީސާގެފާނަށް ތަބާވި މީހެއްކަމަށް ދަޢުވާކޮށް ނަޞާރާއިން ގެންގުޅޭ ބައިބުލް ލިޔުނު މީހާއެވެ. ޢީސާގެފާނު ކަލަކާއި އެއްފަދަކުރީ ޕޯލްއެވެ. ރޫމީ […]
އެވޭލާ ހާދިސާ: ތަސްލީމު އަވާމެންދުރެއްގެ ފަހަތުގައި

އަހަރެންގެ ފަގީރު ކަމުގައި އަހަރެން ހުންނަނީ ގޭގައެވެ. އެއްވެސް މީހަކަށް އަހަރެންގެފަރާތުން ދެރައެއްނުދެމެވެ. އެކަކަށްވެސް ގޯނާއެއްނުކުރަމެވެ. އަދި އުދަގުލެއްވެސް ނުކުރަމެވެ. ފަގީރު ހާލަތުގައި އަހަންނަށް ލިބޭކުޑަ ކާއެތިކޮޅަށް ޝުކުރު ކޮށްގެން އަހަރެން ހުންނަނީ ގޭގައެވެ. އެހެންވީމާ މީހަކަށް އަހަންނާދިމާލަށް ކިޔޭނީފަހެ ކީކޭހެއްޔެވެ.؟ ކޮންމެމީހަކަށްވެސް އަގައޮތިއްޔާ އެއްޗެހި ކީދާނެއެވެ. އެއީ ހަގީގަތެއް އޮވެގެން ކިޔާއެއްޗެއްސަކަށްނުވާނެއެވެ. މީހުން އަހަރެން ދެކެ ރުޅިއަންނަނީ އަހަރެންގެ ކޮންކުށެއް އޮވެގެންކަމެއް އަހަރެންނަކަށްވެސް ނޭނގޭއެވެ. ކިތަންމެ އެއްޗެއްކިޔަސް އަހަރެންގެ ދުލަކުން މީހަކާދިމާލަށް އެކައްޗަކޭވެސް ނުކިޔާނަމެވެ. އިރާދަކުރެއްވިއްޔާ […]