ރަސޫލާ ﷺ ގެ ސީރާ: ޒަމްޒަމް ވަޅު ފެނުނުގޮތް

ޤުރައިޝުންގެ ތަރިއެއްކަމުގައިވަނީ ޤުޞައްޔުއެވެ. އެއީ ޤުރައިޝް ވަންހަ ސީދާކޮށް ފެށެނީ ޤުޞައްޔުޢާއި ހަމައިންކަމަށްވާތީއެވެ. ރަސޫލުﷲ ﷺ ވަޑައިގަތީ ޤުޞައްޔުއަށްފަހު ފަސް ޖީލު ފަހުންނެވެ. އޭނާ ދުނިޔޭގައި އުޅުއްވީ މީލާދީން 400 ހާތަނުގައެވެ. ރަސޫލުﷲ ﷺ ދުނިޔެ ވަޑައިގަތީ އޭގެ 170 އަހަރު ފަހުންނެވެ. ޤުޞައްޔުކުރެއްވި އެންމެބޮޑު ކަމަކީ މައްކާގެ ސިޔާސީ ވެރިކަން ޤުރައިޝުންނަށް ހޯއްދަވައިދެއްވުމެވެ. އޭގެކުރިން މައްކާގެ ވެރިކަން އޮތީ ޚުޒާއާ ވަންހައިގައެވެ. ޚުޒާއާ ވަންހައަކީވެސް ޢަދުނާނީ ދަރިކޮޅުން އައި ބައެކެވެ. އެކަމަކު އެމީހުންނަކީ ފިހުރުއާއި ގުޅުމެއް […]
ޒީޓައިމްސް ބަދިގެ: ކަދުރު އަދި އާމަންޑުން ތައްޔާރު ކުރެވިދާނެ ފޮނިއެއްޗެއް

ބޭނުންވާތަކެތި: 2 ޖޯޑު ކަދުރު ½ ޖޯޑު އާމަންޑް ½ ޖޯޑު އޯޓްސް ½ ޖޯޑު ހުނި ތައްޔާރުކުރާނެގޮތް ފުރަތަމަ ކަދުރުކޮޅު އޮށް ނެގުމަށްފަހު މިކްސްޗަރަށް އަޅާލާށެވެ. އެއަށްފަހު އާމަންޑް އަދި އޯޓްސްވެސް އަޅައިގެން މުގުރާލާށެވެ. ރަނގަޅަށް އެކުވުމުން ވަށްބޮޅަކަށްވާގޮތަށް ގުޅަހަދާލާށެވެ. އެއަށްފަހު ގާނާފައި ހުނި އޭގެ ބޭރުގައި ހާކާލާށެވެ. އޭރުން އެހުރީ ކަދުރު ބޯލްސް ތައްޔާރުކުރެވިފައެވެ. ފޮނިއެއްޗެއްގެގޮތުގައި ކާލަން ފައިދާހުރި އެއްޗެކެވެ.
ހިޔާ ފުލެޓް ސަރަހައްދުގައި އުޅޭ މީހުން ކުނިއުކުމުގަ ސަމާލުކަންދޭންޖެހިފަ!

ސޯޝަލް މީޑިއާއިން ފެނުނު ފޮޓޯތަކުން ހިތަށްއެރިއެވެ. ހާދަ ނުވިސްނޭ މީހުން އުޅެއެވެ. ހިޔާ ފުލެޓެއްގެ ވައިގޮޅިން ވައްޓާލާފަހުރި ކަމަށް ބެލެވޭ ބޭނުންކޮށްފަހުރި ނެޕީތަކާއި އޭގައިން ފައިބައިފަހުރި ބޮޑުކަމުދާތަކެތި އެފޮޓޯތަކުން ފެންނައިރު މިފަދަ ނާތަހުޒީބު ޢަމަލުތައް ކުރަން ފަސްނުޖެހޭ މީހުން އުޅުމަކީ ހިތާމަހުރި ކަމެކެވެ. ރަމަޟާންމަސް ފަދަ މާތް މައްސަރެއްގައި މިފަދަ ގޮތަކަށް މީހުންނަށް އުދަގޫވެ އަދި ބަލިތައް ފެތުރެން މަގުފަހިވެ، މުޅިތަނުގައި ނުބައިވަސް ދުވާނެފަދަ އަމަލުތައް ކުރާއިރު ވިސްނާލަން އެބަޖެހެއެވެ. ހިތާމައަކީ މިގޮތަށް އުކާލާ ތަކެތިން އިމާރާތްތަކުގެ […]