ރަސޫލާ ﷺ ގެ ސީރާ: އަބުރަހާ ގެފުޅު ތަޅާލަން އައުމުން ކަންތައް ދިމާވިގޮތް

ޢަބުދުލްމުއްޠަލިބުގެ ދައުރުގައި ހިންގި ބޮޑު އެންމެ ފަހު ހާދިޘާއަކީ އަބުރަހާ ގެފުޅު ތަޅާން އައުމެވެ. އަބުރަހާއަކީ ޔަމަނުގެ ގަވަރުނަރެވެ. އޭރު ޔަމަންގެ ބައެއް އޮންނަނީ ހަބުޝްކަރައިގެ ދަށުގައި ރަސްގެފާނު ނަޖާޝީގެ ރަސްކަމުގެ ބައެއްގެގޮތުގައެވެ. ބުނެވޭގޮތުގައި މީހުން ކޮންމެ އަހަރަކު މައްކާއަށް ބައިބަޔަށް ދާތީ މިކަމާ އަބުރަހާ ކަންބޮޑުވިއެވެ. މިކަމާގުޅޭގޮތުން މީސްތަކުންނާއި ވާހަކަދެއްކުމުން އެމީހުންގެ ޖަވާބަކަށްވީ ޙައްޖުގެ އަަޅުކަންކުރުމަށްޓަކައި ﷲ ގެ ގެފުޅަށް ދަނީކަމަށެވެ. މިކަމާނުރުހިގެން އެއަށްވުރެ މާފުރިހަމަ ގެކޮޅެއް ހަދާނެކަމަށް އަބުރަހާ ވަޢުދުވިއެވެ. އަދި އެންމެން ޙައްޖަށް […]
ކުރު ވާހަަކަ: އަނިޔާ

ދުވާލުގެ އެންމެ ހޫނުގަދަ އަވީގައި ބޮއްކުރައެއްގައި ފަލިޖަހަމުން މޫނުން ފައިބަމުންދިޔަ ދާތައް ލައިގެން ހުރި އަތްދިގު ދަނބުކުލައިގެ ޓީޝާޓުގައި ފޮހެމުން ރަށާއި މާ ދުރުނޫން ހިސާބުގައި އޮތް ''އޮޅަށް'' މަހްމޫދު ދިޔައީ މިއަދު ލައިގެންކާނެ މަސްކޮޅެއް ބޭނުމަށެވެ. މި މަސައްކަތުގައި އުޅޭތާ އޭނާގެ އުމުރުން ވީހާ ދުވަހެކެވެ. ލިބިފައިވާ ދަރިން މަންމައަކާ ނުލާ ބަލާބޮޑުކުރުމަށްޓަކައި ގޭގައި ހުންނަން މަޖުބޫރެވެ. މިއަދު އެކުދިން ބޮޑެތިވެގެން ވަޒީފާތަކަށް ދިޔަޔަސް މަހްމޫދުގެ އެ މަސައްކަތް ހުއްޓާލާކަށް ބޭނުންނުވެއެވެ. އެއީ ފައިސާ ނުލިބޭތީއެއް […]