ރަސޫލުﷲ ﷺ ގެ ޒުވާން ހަޔާތްޕުޅު: ބަކަރިހުއިހެއްޕެވުން  

ރަސޫލުﷲ ﷺ ގެ ސީރާ އަށްވަނަ ބައި ރަސޫލުﷲ ﷺ ގެ އުމުރުފުޅުން ފަނަރަ އަހަރު ވީއިރުވެސް ކުރިއެކޭ އެއްގޮތަށް އެކަލޭގެފާނާއިބެހޭ މާގިނަ މަޢުލޫމާތެއް ރެކޯޑު ކުރެވިފައެއް ނުވެއެވެ. ސަބަބަކީ އެކަލޭގެފާނަކީ ޤުރައިޝުންގެ ބޮޑުންގެ އެހެން ދަރިންނެކޭ އެއްފަދަ ބޭކަލެކެވެ. އެކަލޭގެފާނަށް ޚާއްޞަކަމެއްދީގެން އެކަލޭގެފާނުގެ އެއްވެސްކަމެއް ބަލަންޖެހޭ ސަބަބެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަދި ކުރިމަގުގައި އެކަލޭގެފާނު ރަސޫލަކަށް ވެދާނޭކަން އެނގޭމީހަކުވެސް ޢަރަބީންގެތެރޭގައި ނެތެވެ. ރަސޫލުﷲ ﷺ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅު ބުޚާރީ މުސްލިމުގައިއޮތް އެކަލޭގެފާނުގެ […]

ލިބުނު ހައްޖު ދަތުރުގެ ފުރުސަތާއެކު ނަޒްނާ އަދި އަބޫބަކުރު އުފަލުން ފޮޅިފަ!

ސްޓެލްކޯ އިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތަށް ޝަރުތު ހަމަވަނީ އެ ކުންފުނީގައި 15 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ. ހައްޖުގެ އަޅުކަމުގެ ފުރުސަތު މިއަހަރު ލިބުނު މުވައްޒަފުންނަކީ، ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓެނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރު އަދި ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދު އެވެ. 'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނަޒްނާ ވިދާޅުވީ، ހައްޖު ދަތުރުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ […]

މައުލޫމާތު: ކިނބުލެއް ދިމާކުރިތަ؟ ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން

ކިނބުލުގެ އާއިލާގެ 16 ވައްތަރެއްގެ ކިނބޫ އުޅޭކަމަށްވެއެވެ. އެގޮތުން ކަނޑު(ލޮނުފެނު) ގައާއި ކޯރުތަކުގައި ކިނބޫ އުޅެއެވެ. ކިނބުލުގެ ސައިޒު ބިނާވަނީ އޭގެ އުމުރަށެވެ. އެގޮތުން 5-20 ފޫޓަށް ބޮޑުވާ ކިނބޫ ހުންނަކަމަށްވެއެވެ. އަދި އެންމެ ބޮޑެތި ކިނބުލުގެ ބަރުދަނުގައި 900 ކިލޯ ހުންނަކަމަށްވެއެވެ. ކިނބުލަކީ ފެނުގައި އޮންނައިރު އޭގެ ލޮލާއި ނޭފަތް ފެނުން މައްޗަށްވާގޮތަށް އޮވެ ހުށިޔާރުކަމާއެކު ޝިކާރަކޮށްގެން ކައިއުޅޭ އެއްޗެކެވެ. ކިނބުލަކީ އަނގައިގެ ކަށިގަނޑު ވަރުގަދަ އެއްޗެއްކަމުން އޭގެ ޝިކާރައަކަށްވާ އެއްޗަކަށް ސަލާމަތްވުމުގެ ފުރުސަތު ކުޑައެވެ. […]