ރަސޫލާ ﷺ ގެ ސީރާ: ބޭއިންސާފުން ކަންކުރެވޭނަމަ އެކަން ހުއްޓުވަންޖެހޭ!

ފިޖާރު ހަނގުރާމައާއި ހިލްފަލްފުޟޫލުއިން އަހަރެމެންނަށް ލިބިދޭ ފިލާވަޅުތައް ވަރަށްގިނައެވެ. ފިޖާރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުނީތީ ހިތާމަފުޅުނުކުރައްވާ ވާހަކަ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. މިކަމުން ދޭހަވަނީ އެކަލޭގެފާނު ކުރެއްވި ކަމަކީ ހުއްދަކަމެއް ނުވަތަ ރަނގަޅުކަމެއްކަމެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ހަނގުރާމައަކީ ދީނީ ހަނގުރާމައަކަށް ނުވިޔަސް އަދި ހަނގުރާމައަކީ ތިމާއާއި ސީދާ ގުޅުމެއް އޮތް ހަނގުރާމައަކަށްނުވިޔަސް ހަނގުރާމައެއްގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން މިކަމުން އެނގެއެވެ. ބައެއްގެ ހެވާއި ލާބައަށް ނުވަތަ އިންސާފު ހޯދުމަށް ކުރާ ހަނގުރާމައެއްގައި ބައިވެރިވެވިދާނެކަން މިކަމުންއެނގެއެވެ. ހިލްފަލްފުޟޫލަށް ރަސޫލުﷲ […]

އެވޭލާ ހާދިސާ: ޝަބުނަމުގެ ޖާދޫގެ ތަށި

ހިތްފަސޭހަ މާހައުލެކެވެ. ހިތްހަމަޖެހޭ ބީޗެކެވެ. އިރުމަތިފަރާތުން ޖެހެމުންދަނީ ފިނިފިނި މަޑު ވައިރޯޅިއެކެވެ. އެއާއެކު ފަތިހުގެ ޝަބުނަމުގެ ތިކިތަކުން މުޅިހަށިގަނޑު ތުރުތުރު އަޅައެވެ. ނަމަވެސް އާދައިގެ މަތީން ތާރިގު އިނީ ފަތިހުގެ ރަތްވިލާތަކުގެ ތެރެއަށް ގެއްލިފައެވެ. ގުދުރަތީ ރީތި މަންޒަރުތަކުގެ ތެރެއަށް ވިސްނުން ދޫކޮށްލައިގެންނެވެ. އަޖާއިބެއްފަދަ ކުރެހުންތަކުގެ އެކި ކުލައިގެ ވިލާތަކުން މުޅި އުދަރެސް ވަނީ ފަވާލެވިފައެވެ. ކުރެހުންތެރީން ޝައުގުވެރިކަން ހުއްޓިދާފަދަ އެތައްމަންޒަރު ތަކެކެވެ. ޔަގީނުންވެސް މީހަކު ބަލާ ފޫހިނުވާނެއެވެ. ފިލްމު ޑައިރެކްޓަރަކަށްވެސް އެމަންޒަރުތައް ފެނިފަ ޝޫޓް ނުކޮށް […]