ރަސޫލާ ﷺ ގެ ހަބޭފުޅުން ފަސްދާނުލެއްވީ ޚުދު އެކަލޭގެފާނުގެ އަތްޕުޅުން!

ރަސޫލުﷲ ﷺ އާއި ކައިވެނިކުރެއްވިއިރު ޚަދީޖާވަނީ އޭގެކުރިން ދެކައިވެންޏެއް ކުރައްވާފައެވެ. އެކަމަނާގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. އޭނާގެ ނަމަކީ ޙާލާއެވެ. ޙާލާ އިސްލާމް ދީން ގަބޫލުކުރައްވައި ރަސޫލުﷲ ﷺ އަރިހުގައި އުޅުއްވިއެވެ. އާންމުކޮށް މީހުންނަށް އެނގޭގޮތުގައި ރަސޫލުﷲ ﷺ އާއި ކައިވެނިކުރެއްވިއިރު ޚަދީޖާގެ އުމުރުފުޅަކީ 40 އަހަރެވެ. މިއީ އެކަމަނާގެ އުމުރާއިގުޅޭގޮތުން އޮތް އާންމު ރައުޔެވެ. މަޝްހޫރު ޢިލްމުވެރިޔާ އަލްވާޤިދީވެސް ގަބޫލުކުރެއްވީ މިރައުޔެވެ. އެކަމަކު ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަމަނާގެ އުމުރުފުޅަކީ ސާޅީސް އަހަރެއްނޫނެވެ. […]

ފްރާންސް ރެސްޓޯރެންޓެއްގެ މެނޫ ބަދަލުކޮށްލި ދިވެހި ޝެފް

ފްރާންސްގެ 'އޮ ޕުއާ ގޮއުމަން' ރެސްޓޯރެންޓުގެ ޖޫނިއާ ޝެފް މަލީހާ އާދަމް އަކީ އެންމެ ހަތަރު އަހަރު ތެރޭގައި އެ ރެސްޓޯރެންޓްގެ ކެއުންތަކުގެ ސްޓައިލަށް ބޮޑު ބަދަލެއް ގެނެސްދިން ކުޅަދާނަ ޝެފެކެވެ. ދިވެހި ކެއުންތަކުން 'އިންސްޕަޔަރ'ވެގެން އޭނާ ހޯދި ރަހަތައްވެސް އެ ރެސްޓޯރެންޓްގެ މެނޫގައި ހިމަނައިފިއެވެ. 'ވެޖިޓޭރިއަން ޑިޝް'ތައް އެ މެނޫއަށް ތައާރަފްކޮށްދިނުމުގައި މުގުލުގަ ހުރީ އޭނާއެވެ. ދިވެހިރާއްޖެއާ ދުރުގައި ދިރިއުޅުނު ނަމަވެސް ދިވެހި ރަހަތައް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެގޮތުން ދިވެހިންގެ ރަހަމީރު 'މަޖާ' […]

ޒީޓައިމްސް ބަދިގެ: ޑޭޓްސް ގްރެނޯލާ ބާ

ބޭނުންވާތަކެތި: 2 ޖޯޑު ކަދުރު (އޮށް ނަގާފައި) 1 މޭޒުމަތީ ސަމުސާ ކާށި ތެޔޮ ½1  ޖޯޑު އިންސްޓެންޓް އޯޓްސް  ¼ ޖޯޑު ޗިއާ ސީޑްސް ½ ޖޯޑު ބަރަބޯ އޮށް (ރޯސްޓްކޮށްފައި ހުންނަ) ½ ޖޯޑު މިކްސްޑް ނަޓްސް ½ ޖޯޑު ހުނި ¼ ޖޯޑު ޑާކް ޗޮކްލެޓް (ކުޑަކޮށް ހިމުންކޮށްފައި) ½ ޖޯޑު އަލްމަންޑް ބަޓަރ ނުވަތަ ޕީނަޓް ބަޓަރ ފުރަތަމަ ކަދުރުތައް މިކްސްޗަރުގައި ކުޑަކޮށް ޗަސްކޮށްލާށެވެ. އެއަށްފަހު ކާށިތެޔޮ އަޅައިގެން އޯޓްސްތައް މުގުރާލާށެވެ. […]