ރަސޫލާ ﷺ ގެ ސީރާ: ހަޖަރުލް އަސްވަދު ބޭއްވުމުގެ ފުރުސަތު

ކަޢުބާ އަލުން ބިނާކުރެވުނީ ރަސޫލުﷲ ﷺ ގެ އުމުރުފުޅުން ފަންސަތިރީސް އަހަރުފުޅުގައެވެ. ކަޢުބާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމުގެ އަހަރެއްކުރިން މަރާމާތުނުކުރެވޭ ކަޢުބާ ހަލާކުވިއެވެ. ގެފުޅު ހަލާކުވާން ދެކަމެއް މެދުވެރިވިއެވެ. ފުރަތަމަ ކަމަކީ ގެފުޅުގައި ރޯވެ ލިބުނު ގެއްލުމެވެ. އެޒަމާނުގައި ގެފުޅާއި ވަރަށް ކައިރީގައި މީހުން ދިރިއުޅުނެވެ. އެގޮތަށް ގެފުޅު ކައިރީގައި ހުރި ގެއެއްގައި ކައްކަނިކޮށް ރޯވެ އަލިފާންގަނޑު ފެތުރުނެވެ. މިއަލިފާންގަނޑު ގެފުޅާއި ހަމައަށް ފޯރައި ގެފުޅުގެ އުރަކޮޅުގައި ރޯވިއެވެ. ގެފުޅުގައި ރޯވި އަހަރުގެ ފަހުކޮޅު މައްކާގައި […]
ކެއްކުމަށް ކުޑަކުދިން ޝައުގުވެރިކޮށް ދަސްކޮށްދެވިދާނެ ގޮތްތަކެއް

ބަދިގޭގައި ކައްކަން އުޅޭއިރު ބައެއްފަހަރަކަށް ކައިރީގައި އެމަންޒަރު ބަލަން ކުދިން ތިބެއެވެ. ކުދިންނަށް ކައްކަން ދަސްކޮށްދޭއިރު ޝައުގުވެރި ކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަންހެން ކުއްޖެއް ނުވަތަ ފިރިހެން ކުއްޖެއް ކަމުގައިވިޔަސް ހެވެވެ. ކެއްކުމަކީ ކިހާ މުހިއްމު ކަމެއްކަމާއި ގޭގައި ކައްކައިގެން ކެއުމަށް އާދަކުރުވުމަކީވެސް ހަމަ އެހާމެ މުހިއްމު ކަމެކެވެ. ތައްޔާރީ ކާނާ ކަހަލަ ސިއްޙަތަށް ގެއްލުންހުރި ކާނާއިން ދުރުވުމަށް އާދަކޮށްދޭންޖެހެއެވެ. އަދި ޚާއްސަކޮށް މަންމަ ކައްކާނަމަ ބައްޕަވެސް އެކަމުގައި އެހީތެރިވާތަން ކުދިންނަށް ފެނުމުން، ކެއްކުމަކީ ހަމައެކަނި […]