ރަސޫލާ ﷺ ގެ ސީރާ: ސަލްމާނު އަލްފާރިސީގެ ވާހަކަ

ރަސޫލުﷲ ﷺ ގެ ސީރާ އެގާރަވަނަ ބައި މިއީ އެންމެފަހުގެ ނަބިއްޔާ ހޯދަން މުޅި އުމުރު ހޭދަކުރި މީހެއްގެ ވާހަކައެވެ. ތެދުމަގު ހޯދަން މަސައްކަތްކުރެވިދާނެ މިންވަރު ސަލްމާން އަލްފާރިސީގެ ވާހަކައިން އެނގެއެވެ. މިވާހަކައިން އެނގެނީ ﷲ ތެދުމަގު ދައްކަވަން ހުރި މީހަކަށް ތެދުމަގު ދައްކަވާނެކަމާއި އެކަން ހިނގާފާނެ އާދަޔާއި ޚިލާފުގޮތެވެ. ޙައްޤު ހޯދަން ޖިހާދުކުރުމަކީ ކޮބައިކަން މިވާހަކައިން އަންގައިދެއެވެ. ޢިލްމުގެ އަހުލުވެރިންނަށް އެންމެފަހުގެ ނަބިއްޔާ ވަޑައިގަންނަވާކަމާއި އެކަލޭގެފާނު ވަޑައިގަންނަވާ ހިސާބު އެނގޭކަން ސަލްމާން އަލްފާރިސީގެ ވާހަކައިން ހެކިދެއެވެ. […]

އެތައްބައެއްގެ ލޯ އަނދިރިކޮށްލި ބަލިތައް، ސަމާލުވޭ!

ލޮލުގެ ފަރުވާތަކަށް ބޭނުންވާ މީހުންގެ އަދަދު ދުނިޔޭގައި އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ލޮލުގެ ފަރުވާގެ ނިޒާމު ރަނގަޅުނުކޮށްފިނަމަ 2050 ވަނަ އަހަރާ ހަމައަށް ލޯ އަނދިރިވާ މީހުންގެ އަދަދު ތިން ގުނައަށް މަތިވެ އެއަދަދު 115 މިލިއަނަށް އަރާނެ ކަަމަށް ބައިނަލް އަގްވާމީ ޖަމްއިއްޔާ، ސައިޓްސޭވާސް އިން ބުނެއެވެ.  މިހާރުވެސް ދުނިޔޭގައި 2.2 ބިލިއަން މީހުންނަކީ ލޮލަށް ނުފެންނަ މީހުންނެވެ. މީގެތެރޭގައި ހިމެނެނީ އެއްގޮތަކަށްވެސް ލޮލަށް ނުފެންނަ މީހުންނާއި ކޮންމެވެސް ވަރަކަށް ލޮލުގެ […]