ރަސޫލާ ﷺ ގެ ހަށިކޮޅުގައިވާ ނަބީކަމުގެ ސިއްކަ ސަލްމާން އަލްފާރިސީއަށް ދެއްކެވުން!

'އެއް ދުވަސް ފަހުން ތިންވަނަ ފަހަރަށް ރަސޫލުﷲ ﷺ އަރިހަށް އަހަރެން (ސަލްމާން އަލްފާރިސީ) ދިޔައީމެވެ. މިފަހަރު އެކަލޭގެފާނު ވަށައިގެން އެކަލޭގެފާނަށް ބަލަމުން އަހަރެން ހިނގީމެވެ. އެކަލޭގެފާނު ހުންނެވީ ދެފޭރާންކޮޅުގައެވެ. ފުރަތަމަ ފޭރާންކޮޅުގެ މަތިންވެސް އިތުރު ފޭރާންކޮޅެއް އަޅުއްވައިގެންނެވެ. އަހަރެން މަސައްކަތްކުރީ ނަބީކަމުގެ ސިއްކަ ބެލޭނެގޮތެއް ވޭތޯއެވެ. ކޮންމެއަކަސް ހެއްވާގޮތަކަށް އަހަރެން އުޅޭކަން އެކަލޭގެފާނު ފާހަގަކުރައްވައިފިއެވެ. ދެން އެކަލޭގެފާނު އަހަރެންނަށް އެންގެވީ އަހަރެން ބަލަންއުޅޭ އެއްޗެއް ބެލުމަށެވެ. އެހެން ވިދާޅުވެފައި ފޭރާންކޮޅު ނަންގަވާފައި ނަބީކަމުގެ ސިއްކަ ދައްކަވައިފިއެވެ. […]
ސްކޫލަށް ދިއުމަށް 3 ގަޑިއިރު ހިނގާފަ

އަހަރެމެންގެ ތެރެއިން އެކި މީހުން ދެކެން ބޭނުންވާ ހުވަފެނާއި ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ވަރަށް ތަފާތެވެ. އެއްބަޔަކު ފައިސާ ހުރެ ކިޔަވަން ފުރުސަތު ލިބި އެފުރުސަތުގެ ބޭނުން ނުހިފައި ހަޔާތުގެ ދުވަސްތައް ބޭކާރުގޮތުގައި ދުއްވާލައެވެ. އަނެއްބަޔަކު ކިޔަވަން ބޭނުންވެ އެފުރުސަތު ނުލިބި އެކަމުން މަހްރޫވެއެވެ. ކިޔެވުމަށް ފައިސާ ހޯދަން މަސައްކަތް ކުރަމުން އާއިލީ ޒިންމާ ނަގަމުން ދިރިއުޅޭ މީހުންވެސް މަދެއް ނޫނެވެ. މިގޮތުން މެލޭޝިއާގެ 'ސެކޯލާ ކެބަންސާން ތެރިއަން' އަށް އުފަން އުމުރުން އެންމެ 13 […]