ރަސޫލާ ﷺ ގެ ސީރާ: ނަބީކަން ފެށެން ކައިރިވުމާއި ފުރަތަމަ ވަޙީ ލިބިވަޑައިގަތުން

ރަސޫލުﷲ ﷺ ގެ ސީރާ ބާރަވަނަ ބައި ޢާއިޝާރިވާކުރެއްވި މިޙަދީޘްގައި ރަސޫލުﷲ ﷺ ބަޔާންކޮށްދެއްވައެވެ. ވަޙީ ފެށުމުގެކުރިން އެކަލޭގެފާނު ހިރާ ފަރުބަދައަށް އަރުއްވައި އެފަރުބަދައިގައި ހުރި ހޮހަޅައެއްގައި ގިނިކަންޏާ އިންނަވައެވެ. ރަސޫލުﷲ ﷺ އަށް ވަޙީ ބާވައިލެއްވުމުގެ ދޮޅު އަހަރު ނުވަތަ ދެ އަހަރު ކުރިން އެކަލޭގެފާނު ހިރާ ފަރުބަދައަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. އަދި ހިރާ ފަރުބަދައަށް އަރުއްވައި އެފަރުބަދައިގައި ހުރި ހޮހަޅައިގައި އިންނެވުން އާދައަކަށް ހެއްދެވިއެވެ. މިގޮތަށް މީސްތަކުންނާއި އެކަހެރިވެވަޑައިގެން ގިނިކަންޏާ އިންނެވުމަކީ ތަޙައްނުޘްކުރެއްވުމެވެ. ތަޙައްނުޘް […]
ހުވަދުއަތޮޅުގެ ޚާއްސަ ފާލީކަނދި

ބޭނުންވާތަކެތި: 1 ޖޯޑު ފުށް ½ ޖޯޑު ހަކުރު (ފޮނިރަހަދޭ ވަރަށް) ½ ޖޯޑު ކާށިކިރު ރާނބާފަތް (2 އިންޗީގެ 5 ފަތްކޮޅު) 8 ކާފޫރުތޮޅި 1 ޖޯޑު ފެން ތައްޔާރުކުރާނެ ގޮތް: ފެން ހޫނުކުރުމަށްފަހު އެފެން ބޭނުންކޮށްގެން ފުށް މޮޑެލާށެވެ. ފުށްގަނޑު މޮޑޭނީ ވަރަށް ހަރުކޮށެވެ. އެއަށްފަހު ރޮށިގޮތަށް ދަމާލުމަށްފަހު ހިމަދިގުކޮށް ކަފާލާށެވެ. އަދި ކުދިކުދި އެތިއެތިކޮޅަށް ½ އިންޗިއެއްހާ މިންވަރަށް ބުރިކޮށްލާށެވެ. ދެއިނގިލި ބޭނުންކޮށްގެން ކަފާލި ފުށްކޮޅު ހިމަކޮށް ހުންނަގޮތަށް ވަށްކޮށްލާށެވެ. ތެއްޔަކަށް ފެން އެޅުމަށްފަހު […]