ރަސޫލާ ﷺ ގެ ސީރާ: ދެވަނަ ފަހަރަށް ވަޙީ ލިބިވަޑައިގަތުމާއި ރަސޫލުކަން ފެށުން

ރަސޫލާ ﷺ ގެ ސީރާ ތޭރަވަނަ ބައި ޖާބިރު އިބުނު ޢަބުދިﷲ ރިވާކުރެއްވި ގޮތުގައި ފުރަތަމަ ވަޙީއަށްފަހު ދުވަސްތަކަކަށް ވަޙީ މެދުކެނޑުނެވެ. އިބުނު ޢައްބާސް ވިދާޅުވިގޮތުގައި ޖީބުރީލުގެފާނު ދެކެވަޑައިގަތުމުގެ އެދުންފުޅުގައި ފުރަތަމަ ވަޙީއަށްފަހު މައްކާގެ ފަރުބަދަތަކާއި ވާދީތަކުގައި ރަސޫލާ ﷺ ދަތުރުކުރެއްވިއެވެ. އިބުނު ޢައްބާސް ވިދާޅުވާގޮތުގައި ވަޙީ މެދުކެނޑުނީ ސާޅީސް ދުވަހަށެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ވަޙީ މެދުކެނޑުނީ ދެއަހަރަށެވެ. ދެއަހަރަކީ ގަބޫލުކުރަން އުނދަގޫ މުއްދަތެކެވެ. އިބުނު ޝިހާބުއްޒުހުރީ ވިދާޅުވާގޮތުގައި ވަޙީ މެދުކެނޑުނީ ވަރަށްގިނަ ދުވަހަށެވެ. އެއީ […]
ކޮވިޑަށްފަހު ޢީދު އައުމުން..

ޝޯޝަލް މީޑިއާއިން ފެންނަނީ ރައްޓެހިންތައް އެކި ރަށްރަށަށް ފުރާތީއެވެ. ޢީދަށް ތައްޔާރުވަނީއެވެ. ކޮވިޑްގައި ތަޅުއެޅުވިގެން ތިބުމަށްފަހު ވީއްލިގެން އަންނަ ފުރަތަމަ ޢީދު ކަމަށްވާތީ ދަތުރު ހަދައިގެން އެދަނީ ވަރަށް އުފަލުންނެވެ. އާއިލާ އާއި ރައްޓެހިންނާ ބައްދަލުކުރުމަށެވެ. މާލޭގެ ހަލަބޮލި މާހައުލުން ރަށްފުށުގެ އަރާމު މާހައުލަށެވެ. ބައެއް މީހުން ތޮއްޑޫއަށެވެ. ބައެއް މީހުން މާފުއްޓަށެވެ. ބައެއް މީހުން ތުލުސްދޫއަށެވެ. އަނެއް ބަޔަކު އުފަން ރަށަށެވެ. ކޮވިޑް ތެރޭގައި އުފަންވި ކުދިން އެ ކުދިންގެ އާއިލާތަކަށް ތައާރަފް ކުރުމަށެވެ. ރަށްރަށަށް […]
ކުރުވާހަކަ: ތަޢާރަފް

އިރުފެނުމައްޗަށް ތޮޅިލުމާއިއެކު އާޓިފިޝަލް ބީޗުގައި ބަހައްޓާފައިވާ ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި އިން މާހިރު ތެދުވިއެވެ. އަމިއްލަ އިޚްތިޔާރަކާ ނުލައި ހިނގައިގަތީ ގެއާ ދިމާލަށެވެ. މަޖީދީ މަގާއި އާޓިފިޝަލް ބީޗަކީ މާހިރަށް އައު ތަންތަނެއް ނޫނެވެ. ކޮންމެ ދުވަހަކު އިރުއަރާ މަންޒަރުބަލަން މާހިރު އެތަނަށް ދެއެވެ. ކޮންމެ ދުވަހެއްގެ ހަވީރުވެސް އާޓިފިޝަލް ބީޗަށް ދެއެވެ. އެތައް ބަޔަކާ ބައްދަލުވެ އެތައް މަންޒަރުތަކެއް އެ ސަރަހައްދުން އެކަނިވެސް ފެނެއެވެ. ނަމަވެސް މިއަދު އޭނާގެ ހިތަށް އަރާ ފައިބަމުންދަނީ އެހެންކަހަލަ ޝުޢޫރުތަކެކެވެ. […]