ޢީދުގެ ހަނދާން، އެހާރާއި މިހާރު

އެއްބައިވަންތަކަމާއެކު ފާހަގަ ކުރަމުންދިޔަ ޢީދު ކޮބާހެއްޔެވެ؟ އޭރުގެ ހަނދާންތައް އާވުމުން ހިތަށް އަސަރުކުރުވައެވެ. އެއީ ހަމަ އެކަނި ހަނދާންތަކެކެވެ. މިހާރު އެހަނދާންތައް އާވުމުން އެގޮތަށް ޢީދު ފާހަގަ ކުރުމުގެ ނަސީބު ނުލިބި އެއާދަތައް އުވިގެންދާތަން ފެންނާތީ އެކަމާހިތާމަކުރާ މީހުންވެސް މަދެއްނޫނެވެ. ކުޑައިރުގެ ހަނދާންތައް އާކުރަމުން ރައްޓެއްސަކު ކިޔާދިން ވާހަކައެއްގައި ބުންޏެވެ. "ޢީދެއް އަންނަނަމަ މާކުރިން ހެދުން ފަހައި ޢީދުގެ ކުޅިވަރުތައް ތާވަލްކޮށް ހަދަން. އަދި ކައްކާނެ އެއްޗެހި ތައްޔާރުކޮށް ލިސްޓްވެސް ހަދަން. އަވައްޓެރިން ގޭގެއަށްގޮސް އެމީހުންގެ މަޝްވަރާވެސް […]