ރައްޔާގެ މަންމަގެ އާދޭސް، ފަރުވާއަށް އެހީވަމާ!

އޯޓިޒަމްގެ އުނދަގޫތައް ތަހައްމަލުކުރަމުންދާ ކުދިންގެ މައިންބަފައިން ދަރިންނަށްޓަކާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ. މިއީ މާލޭގައި ދިރިއުޅޭ ފިޒްނާ ހުސެއިން އާއި އޭނާގެ ފިރިމީހާ އެދެމަފިރިންނަށް ފުރަތަމަ ލިބުނު އެއްމާބަނޑު ދެދަރިންގެ ތެރެއިން ދަރިއަކަށްޓަކައި ވަމުންދާ ގުރުބާނީ އެވެ. ނިމިގެންދިޔަ ރަމަޟާންމަހުވެސް ފިޒްނާ ހުރީ ފަންޑުފޮށި ހިފައިގެން ނިކުމެ ދަރިފުޅުގެ ފަރުވާއަށް ބޭނުންވާ ޑޮލަރު ހަމަކުރެވޭތޯ މަގުމަތީގައެވެ. މިސްކިތްތައް ކައިރިންނާއި ޕާކުތަކާއި އަތިރިމަތީ މައިޒާން ތަކުންވެސް ފަންޑުފޮށި ފެނުމުން ހިތަށް ފުން އަސަރުކަތެއް ކުރިއެވެ. ވެގެން އުޅޭގޮތެއް އަހާލުމުން […]