ހާދިސާ: ހައްވަ އާއި މަސްކެއުން

ހައްވަ އަސުރުން ފައިބައިގެން މަސް ދޯނިތައް މަހުން ލެފިތޯ ބަލާލާނަމޭ ހިތާ އަތިރިމައްޗަށް ދާން ބާރު ބާރަށް ހިނގައިގަތެވެ. ހައްވަ ބޮޑުމަގުން ސީދަލަށްގޮސް އަތިރިމައްޗަށް ދާން އޮންނަ މަގަށް އަޅާލިތަނާ މަގުގެ އަނެއްކޮޅުން އައި 3 މީހަކާ ދިމާވެއްޖެއެވެ. އެމީހުންނަކީ އާދަކޮށް ހޮޅު އަށީގައި އަނގަތަޅަން ތިބޭ ބައެކެވެ. ހައްވަ ފެނުމުން އެތަނުން ހައްވަގެއަށް ދުފަންދާ މޮހޮދު އަހާލިއެވެ. ހައްވަ މާބާރަކަށް ކޮންތަނަކަށް ތިޔަދަނީ؟ ހައްވަ: މިދަނީ މަހުން ލެފިތޯ ބަލާލަން! ލައިގެން ކާނެ އެއްޗެއް ނެތިގެން! […]

ރަސޫލާ ﷺ ގެ ސީރާ: ފުރަތަމަ ދީނަށް ވަދެވަޑައިގަތް ބޭކަލުންނާއި ބޭކަނބަލުން

ރަސޫލާ ﷺ އަށް އިންޒާރުކުރައްވަން އަމުރުކުރެއްވުމާއެކު އެކަލޭގެފާނު އެންމެ ފުރަތަމަ ދީނަށް ގޮވައިލެއްވީ އާއިލާގެ މެމްބަރުންނަށާއި ރަހުމަތްތެރިންނަށެވެ. އެންމެފުރަތަމަ އީމާންވެ ދީން ގަބޫލުކުރެއްވީ އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖާއެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި އެކަމަނާއަށް ދީނަށް ގޮވައިނުލެވެނީސް އެކަމަނާ އަމިއްލަފުޅަށް ރަސޫލާ ﷺ ގެ ރަސޫލުކަން ގަބޫލުކުރައްވައި އީމާންވެވަޑައިގަތެވެ. އެހެންވެ އެންމެ ފުރަތަމަ އިސްލާމްވި އަންހެނަކީ ޚަދީޖާއެވެ. ބައެއް ޢިލްމުވެރިންގެ ރައުޔުގައި އެންމެފުރަތަމަ ދީނަށް ވެދެވަޑައިގަތް ބޭކަލަކީ ވަރަޤަ ބިން ނައުފަލްއެވެ. އެކަލޭގެފާނު އިސްލާމްދީން ގަބޫލުކުރެއްވީ ރަސޫލާ ﷺ ދީނަށް […]