ލޯބިވާ މަންމާ މަގޭ، އުފަލާއެކީ ޚިދުމަތް ކުރަން ހުންނާނަމޭ!

މިއަދަކީ މަންމައިންނަށް ޚާއްސަ ދުވަހެކެވެ. ލޮބުވެތި މަންމައިންނަށް ދުވަހުގެ ތަހުނިޔާ ކިޔަމެވެ. މިފަދަ އުފާވެރި ދުވަހެއް ފާހަގަކުރަމުންދާއިރު މަންމައަށްޓަކާ އަދާކުރަންޖެހޭ ޒިންމާ މިއަދާކުރެވެނީ ރަނގަޅަށްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލަން ޖެހެއެވެ. މަންމަގެ ލޯތްބާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ ބޮޑު ނަސީބެކެވެ. ދެލޮލުގެ ނޫރު ފަދައިން ލޯބިވާ ދަރިން ބެލުމަށް މައިންބަފައިން ޚާއްސަކޮށް މަންމައިން ކުރާ މަސައްކަތް އަގުނުކުރެވޭނެ އެވެ. ހިތާމައަކީ ބުރަމަސައްކަތްކޮށްގެން ގެންގުޅުނު ދަރިން ބޮޑެތިވެ އެދަރިންގެ އަމިއްލަ ދިރިއުޅުން ފެށުމަށްފަހު، މައިންބަފައިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން […]
އެވޭލާ ހާދިސާ: ލޯފަންކުއްޖެއްގެ ދުޢާ އަށްފަހު ބައްޕަ އެނބުރިއައުން

ނައުޝާދު އަކީ މުރާލި ހީވާގި މަސްވެރިއެކެވެ. ހަފްތާކު ހަދުވަހު ދުވާލު ހަތަރުދަމު އުޅެނީ މަސްވެރިކަންކުރަން ކަނޑުމަތީގައެވެ. ދޯނީގެ ނުވަ ފަޅުވެރިންގެ ވެރިއަކީ ނައުޝާދު އެވެ. ދޯނީގެ ހުރިހާކުދިންނާއި ވަރަށް ގުޅުން އޮވެއެވެ. ފަޅުވެރިކުދިންވެސް ނައުޝާދުއަކީ ވަރަށް ރަނގަޅު ކެއުޅެއްކަމަށް ބުނެ މަސްވެރިކަން ކުރަން ނައުޝާދު ދުއްވާ ދުވާފަރު ކަނބުރުގޭ ރަގީބާގެ ދޯނިން މަހަށްދާން ތިބެނީ ފޫގަޅާފައެވެ. ހުރިހާ ފަޅުވެރިން މަހަށް ގެންދާ ކާއެއްޗެތި ނައުޝާދުގެ ބެލުމުގެ ދަށުގައި ރައްކާކުރުމަށްފަހު ކާގަޑި ޖެހުމުން ނައުޝާދު ހުރިހާ ފަޅުވެރިން ގެނެސް […]