ދަރިން ނަރަކައިން ސަލާމަތް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭބާ؟

ދަރިންނަކީ ބޮޑުވެގެންވާ އަމާނާތެކެވެ. މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ދަރިންނާ ގުޅޭގޮތުން މާތް ﷲ އަހުރެމެންނަށް ކުރައްވާފައިވާ ވަސިއްޔަތަށް ރައްކާތެރިވުމަށް ހަނދާންކޮށްދީފައެވެ. މާތް ﷲ ރުއްސުންލެއްވި އަލީގެފާނު ވިދާޅުވެފައިވެއެވެ. "ތިޔަބައިމީހުންގެ ނަފްސުތަކަށާއި ދަރީންނަށް ހެޔޮކަންތައްތައް އުނގަންނައިދޭށެވެ. އަދި އެކުދިން އަދަބުވެރި ކުރުވާށެވެ. ދަރިންނަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެއީ އެކުދިންގެ ސަބަބުން ލޮލަށް ފިނިކަން ލިބޭތީއެވެ. ކުރިމަގު އުޖާލާވާތީއެވެ. ޙަޔާތް ބާއްޖަވެރިވާތީއެވެ. މައިންބަފައިން އެމީހުންގެ ދަރިން ތަފާތު ބަލިތަކުން ހިމާޔަތްކުރުމަށާއި، ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް، ވެކްސިންޖަހައި، އޭގެ […]