އިމާރާތްތަކުން ވަޔާއެކު އެއްޗެއް ވެއްޓިދާނެތީ ރައްކާތެރިވަމާ!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން ޓިނު/ފިލާ ފަދަ ތަކެތި ވަޔާ ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓިފައިވެއެވެ. އަދި ވިއްސާރަ މޫސުމުގައި މާލެ ސަރަހައްދުގައި ހައްދާފަހުރި ގަސްތަކުން ބައެއް ގޮފިތައް ވެއްޓި މަގުމަތީގައި ޕާކުކޮށްފަ ހުންނަ އުޅަދުތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. އިމާރާތްތައް ހަދަމުންދާ ސައިޓްތަކުގައި ޓިނުތަކާއި ދަނގަޑު އަދި ގާ ފަދަ ސާމާނު ވަޔާ ވިއްސައިގެން ނުދާގޮތަށް ރައްކާތެރިކަމާއެކު ރައްކާކުރެވިފައި ހުރިކަން ކަށަވަރު ކުރުމަށް ސައިޓްތަކުގައި މަސައްކަތް ކުރާ ކުންފުނިތަކުން ބެލުން މުހިންމެވެ. […]
ޑައުންސިންޑްރޯމް ހުރި ކަމުގައިވިއަސް ހުނަރުވެރި ކާމިޔާބު މީހެއް!

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީވެސް މުޖުތަމަޢަށް މުހިއްމު ކުދިންނެވެ. ފަހަކަށްއައިސް ސޯޝަލް މީޑިއާއިން ވެސް ދަނީ މިފަދަ ކުދިންނާއި މީހުންގެ ހުނަރުވެރިކަން ފެންނަމުންނެވެ. ޖޯޖިއާ އަށް އުފަން އުމުރުން 20 އަހަރުގެ ގްރޭސް ކީ އަކީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހެކެވެ. އުފަންވިއިރުވެސް މިއީ ޑައުންސިންޑްރޯމް ހުންނަ ކުއްޖެކެވެ. ގްރޭސްގެ މަންމަ ބުނިގޮތުގައި އޭނާގެ ދަރިފުޅުގެ ކުޅަދާނަކަމާއި ހުނަރު އެހެން މީހުންނަށް އަންގައިދިނުމުގަ ދިމާވި ބޮޑެތި ގޮންޖެހުންތަކާއި އެދަތި ދުވަސްތައް ހަނދާންވުމުން މިހާރުވެސް ދެރަވެއެވެ. ގްރޭސްގެ މަންމަގެ ހިތަށް […]