ކުރުވާހަކަ: ވީ މޯޅި މާ އެ ފޮޅިދާނެތޯ؟

އެއީ އާދައިގެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން ތަފާތު ވާހަކައެއްވެސް މެއެވެ. ނަމަވެސް އެވާހަކަވެސް ވަކި ހިސާބަކުން ނިންމާލަންޖެހުނީއެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ އެ ދެމީހުންގެވެސް ގޮތް ދޫނުކުރުމުގެ ނަތީޖާއެވެ. އަނެއްބަޔަކު ބުނާގޮތުން އެއީ އެމީހުންނަށް ހުރިގޮތެވެ. މިދެ ގޮތުންކުރެ ކޮންމެ ގޮތެއް ވިޔަސް އެކަން އެ ވަނީ ސިއްކަޖެހިފައެވެ. އެކަމަށް ކުރެވޭނެކަމެއް ނެތެވެ. ހޫނު މެންދުރެއްގެ އެންމެ އަވިބާރު ގަޑީގައި ރަށުގެ ތުނޑީކޮޅާ ދިމާލަށް ހިނގަމުން އެދަނީ އެވާހަކައިގެ ބަޠަލާއެވެ. އާއެކެވެ. ޤައިލާއެވެ. އެއްވެސް […]
ފާތިމަތުދީދީގެ ކަސަބު ލިބާހުގެ ޖާދޫގައި ގިނަބަޔަކު!

ވޭތުވެދިޔަ 16 އަހަރު ދުވަހު ނޫސްވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ރިޕޯޓް ތަކެއް ވާނީ ލިޔެފައެވެ. އެކަމަކު މިއީ ލިޔެވުނު ވަރަށް ޚާއްސަ ރިޕޯޓެކެވެ. މިފަހަރު 'ޒީޓައިމްސް' ކިޔުންތެރިންނަށް މިގެނެސްދެނީ ގދ.ގައްދޫގައި އަތްތެރިމަސައްކަތުގައި ފާހަގަކުރެވޭ ކަނބަލެއް ކަމުގައިވާ (އަޅުގަނޑުގެ މަންމަ) ފާތިމަތުދީދީ ގެ ކަސަބު ބޯވަޅު އެޅި ލިބާހުގެ މަސައްކަތަށް ބަލާލާ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ތުނޑުކުނާ ވިޔުމަށް މަޝްހޫރު ގައްދޫގައި ފާތިމަތުދީދީ އަކީ ކުރިން ކުނާވިޔުމުގެ މަސައްކަތް ވެސް ކުރި މީހެކެވެ. އަދި ދިގު ހެދުންފަދަ ތަފާތު […]
ވީޑިއޯ: ކަސަބު ބޯވަޅު އެޅި ލިބާސް ތައްޔާރުކުރުން

ގދ. ގައްދޫ އަށް އުފަން ފާތިމަތު ދީދީ އަކީ ކަސަބު ބޯވަޅު އެޅި ލިބާސް ތައްޔާރުކުރުމުގައި ފާހަގަކުރެވޭ ކަނބަލެކެވެ.