ރަސޫލާ ﷺ ގެ ސީރާ: ދެއްވި އިންޒާރުގެ ތަޤުރީރު

ރަސޫލާ ﷺ ދެވަނަ މަރުހަލާގައި ދީނަށް ގޮވައިލެއްވިއިރު އެކަން ކުރެއްވީ ދެފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި އެކަލޭގެފާނު ދީނަށް ގޮވައިލެއްވީ އެކަލޭގެފާނުގެ ގަބީލާ ބަނޫ ޙާޝިމަށެވެ. އެކަލޭގެފާނުގެ އާއިލާ މީހުންނަކީ މިގަބީލާގެ މީހުންނެވެ. އާއިލާގެ މެމްބަރުންނަށް ދީނަށް ދަޢުވަތު ދެއްވުމަށްޓަކައި އެކަލޭގެފާނު ކުޑަކުޑަ ޖާފަތެއް އިންތިޒާމްކުރެއްވިއެވެ. މިކަމުގައި އިސްކޮށް އުޅުއްވީ ޢަލީގެފާނުއެވެ. މިޖާފަތަށް އެކަލޭގެފާނުގެ އާއިލާއިން ސާޅީސް މެމްބަރުން ހާޒިރުވިއެވެ. މިއެންމެން ކެއުމަށް އޮތީ ކަންބަޅިއެއްގެ އެންމެ ފައެކެވެ. އެކަލޭގެފާނު ކާބޯތަކެއްޗަށް ބަރަކާތްލެއްވުމަށް ދުޢާކުރައްވައި ފަރިއްކުޅުއްވަން ފެއްޓެވިއެވެ. އެންމެން […]