ފޮޓޯ: ސްޓެލްކޯ އިންޖީނުގެތައް ސާފު ކުރުމުގެ ޕްރޮގްރާމް

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި، ސާފުތާހިރު މަސައްކަތުގެ މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުން. މި ޕްރޮގްރާމްގެ ދަށުން، ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި، ދަނގަޑާއި، އެނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނެގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ. މި ޕޮރޮގްރާމްގެ މި އަހަރުގެ ޝިޔާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލެއް – ޚިދުމަތް […]
ސްޓްރެޗްމާކް ފިލުވުމަށް ފަސޭހައިން ދެވިދާނެ ފަރުވާއެއް

ސްޓްރެޗްމާކް ހުރުމަކީ ވަރަށް ގިނަ މީހުން ކަންބޮޑުވާ އަދި އެކަމަށް ހައްލު ހޯދަން އުދަގޫކަމެކެވެ. ސްޓްރެޗްމާކް ފިލުވުމަށް ތަފާތު ބާވަތްބާވަތުގެ ކްރީމާއި ތެޔޮފަދަ ތަކެތި ގަނެގެން ބޭނުންކުރާ މީހުން އުޅެއެވެ. ސްޓްރޗްމާކް ހުރުން މިއީ އާދައިގެ ކަމެއް ކަމުގައިވީނަމަވެސް ހަންގަނޑުގައި ވަރަށްބޮޑަށް ފާހަގަވާން ހުރެއެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ސްޓްރެޗްމާކް ހުންނަނީ އާއްމުކޮށް އަންހެނުންގެ ހަންގަނޑުގައެވެ. މަދުން ނަމަވެސް ފިރިހެނުންގެ ހުރެއެވެ. ކުއްލިއަކަށް ހަންގަނޑަށް އަންނަ ބަދަލަކުން ސްޓްރެޗްމާކް އުފެދެއެވެ. މާބޮޑަށް […]
ކުއްލި މަރު ގިނަވުން: ތިބާ މަރަށް ތައްޔާރުތަ؟

ފަހަކަށްއައިސް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ތަފާތު ހާދިސާތަކުގައި މީހުން މަރުވާ ވާހަކަ އަޑު އިވެއެވެ. މީގެތެރޭގައި ކަނޑުމަތީގައާއި އެއްގަމުގައި ހިނގާ އެކްސިޑެންޓްތައް ހިމެނެއެވެ. ނުވަތަ ސިއްޙީ ހާލަތެއް މެދުވެރިވެގެން ކުއްލިއަކަށް މީހުން މަރުވާ އަދަދުވެސް ވަރަށް ގިނައެވެ. ރޭގަ ކަނޑުމަތީގަ ހިނގި ލޯންޗް ހާދިސާގައި އެވަނީ 2 ޒުވާނުން މަރުވެފައެވެ. އަދި އިއްޔެރޭގައިވެސް ވަނީ ކުއްލިގޮތަކަށް ޒުވާނަކު މަރުވެފައެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި މިފަދަ ކުއްލި މަރުތައް ދުވަހެއް ދުވަހަކަށް މިދަނީ ގިނަވަމުންނެވެ. މަރު އެއީ ކޮންމެ […]