ފޮޓޯ: އާދަޔާޚިލާފަށް ކުޑަ ރުކެއް ފޯދިފަވަނިކޮށް ފެނުން

އާދަޔާޚިލާފަށް ކުޑަ ރުކެއް ފޯދިފަވަނިކޮށް ފެނިފައިވަނީ ދ. ރިނބުދޫ އިންނެވެ. މިއަދު މި ރުށް ފެނުނީ އެ ރަށު ބީޗް ސަރަހައްދުންނެވެ. ފޮޓޯ: ނާދިޔާ މުހައްމަދު
ރޯދައިގެ ކައްފާރާ

ރޯދައަކީ މާތްﷲ ސުބުޙާނަހޫ ވަތާޢާލާ އިންސާނުންނަށް ފަރުޟުކުރެއްވި އަޅުކަންތަކުގެ ތެރެއިން ވަރަށް މަތިވެރި އަޅުކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: { يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ} (البقرة: 183)މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ، ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ". ރޯދައިގެ މާތްކަމާމެދު ކީރިތި ރަސޫލާގެ އަރިހުން އެތަށް ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. ރަސޫލާ […]