އެވޭލާ ހާދިސާ: ފޮނި އިންތިޒާރެއްގެ ނިމުން

ހިތުގައި ހިނގާ ވޭނާއި ކެކުޅުމުގެ އަޑު ހަށިގަނޑުގެ ތެރޭ ގަދަވާން ފަށައިފިއެވެ. ނާރުތަކުގައި ލޭ ދައުރުވާގޮތަށް މިއަޑު ހަށިގަނޑުގެ އެކިހިސާބުގައި ގުގުމަން ފަށައިފިއެވެ. އެކަމަކު މޭގައި ކަންފަތް ޖައްސާލުމުން ނޫނީ އެއަޑު އިވޭކަމަކަށް ނުވެއެވެ. އަހަރެންގެ އިހުސާސް ދަންނަނީ ކިތައް މީހުންހެއްޔެވެ؟ އެހާގިނަބަޔަކަށް ނޭނގޭނެއެވެ. ނަމަވެސް އެކަކުފިޔަވައެވެ. އޭނާއަކީ ކިތައްމެ ދުރުގަ ހުއްޓަސް އޭނަގެ އިހުސާސްތައް ދަންނަފަދައިން އަހަރެންގެ އިހުސާސްތައް އަހަންނަށްވުރެ ރަނގަޅަށް ދަންނަ މީހެކެވެ. ބައެއްފަހަރު އަހަންނަށް ހީވަނީ މިއީ ދެހަށިގަނޑެއްގެ ގޮތުގައި ފެނުނަސް އެއްފުރާނައެއްހެންނެވެ. […]