ވީޑިއޯ: އައިލިޝްގެ ބޭސްފަރުވާ ފުރިހަމަކުރުމަށް އެހީތެރިވަމާ

އައިލިޝް: ތަކުރާރުކޮށް ކުރި އޮޕަރޭޝަންތަކުގަ އަނގައިގަ ހުރި ލޯވަޅު ނުބެދުނު!

އުމުރުން 4 އަހަރުގެ އައިޝާ އައިލިޝް އިސްމާއީލް އަކީ އުފަންވީއިރު ވެސް ހުރިހާ ގުނަވަނެއް ފުރިހަމައަށް އުފެދިފައިވާ ކުއްޖެއް ނޫނެވެ. އައިލިޝް އުފަންވީއިރު އަނގައިގަ ހުރި ލޯވަޅެއްގެ ސަބަބުން ކާން ދިނުމަށް ދަނީ ދަތިތަކެއް ކުރިމަތިވަމުން ކަމަށް އައިލިޝްގެ މަންމަ ފާތިމަތު ފަޒުލީނާ ވަނީ 'ޒީޓައިމްސް' އަށް މައުލޫމާތު ދީފައެވެ. " ކާން ދޭން ފެށުމުން ކާތަކެތި ނޭފަތުގެ ހޮޅިތެރެއަށް ދާ ގޮތް މެދުވެރިވޭ. އަދި ބޯން ދޭ ފެން ނޭފަތުން އާދޭ އަނގައިގަ ހުންނަ ލޯވަޅު […]