މަކާއޯ: މިކުޑަ ގައުމުން ގެނެސްދޭ ތަފާތު އިހުސާސްތައް ތަޖުރިބާ ކުރިންތަ؟

މަކާއޯއަކީ "ސައުތު ކޯސްޓް ޗައިނާ" އަދި ހޮންކޮންގްގެ ސައުތުވެސްޓާއި 60 ކިލޯމީޓަރ އިން ގުޅިފައިވާ ވަރަށް ހިތްގައިމު ކުޑަކުޑަ ރީތި ސިޓީއެއް ގޮތަށް އިންނަ ގައުމެކެވެ. ހޮންކޮންގުގެ ބުރިޖަކުން ގުޅާލާފައި އިންނަ މިނަލަ ނަލަ ސިޓީއަކީ ވަރަށް ތަފާތު އިމާރާތްތަކާއި ތަފާތު ތަންތަން ހުންނަ ތަނެކެވެ. ހިތްގައިމުކަމާއި އެއްވަރަށް އުޅެލަންވެސް އެހާމެ ފަސޭހަތަނެކެވެ. މިތަނަކީ އޭޝިއާގެ ލަސް ވެގަސް ވެސް މެއެވެ. ފެރީގައި ދުއްވާލާފައި ޗައިނާއަށްވެސް ދެވެން އޮންނަ މިގައުމުގައި ހިމެނޭ ތަފާތު ތަންތަންވެސް ވަރަށް ގިނައެވެ. […]