ޒީޓައިމްސް ބަދިގެ: ޗަނާ ޗާޓް ސެލެޑް

ބޭނުންވާތަކެތި: 2 މޭޒުމަތީ ސަމުސާ ގްރީކް ޔޯގަޓް 1 ސައިސަމުސާ ލުނބޯ ޖޫސް 1 ސައިސަމުސާ ޗާޓް މަސާލާ ½ ޖޯޑު ސަނާމުގު (ފެނުކައްކާފަ) 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ (ކުދިކޮށް ކޮށާފަ) 2 ސައިސަމުސާ ފިޔާ (ކޮށާފަ) 2 ސައިސަމުސާ ކިއުކަންބަރ (ކޮށާފަ) 2 ސައިސަމުސާ އަލުވި (ފެނުކައްކާފަ އަދި ކޮށާފަ) 1 މޭޒުމަތީ ސަމުސާ ކުދީނާފަތް 1 މޭޒުމަތީ ސަމުސާ ސިލަންޓްރޯ އަދި ބޯވެލިފަތް ތައްޔާރުކުރާނެ ގޮތް: އެންމެފުރަތަމަ ގްރީކް ޔޯގަޓްތެރެއަށް ލުނބޯ ޖޫސް […]
ވީޑިއޯ: އާނިސްގެ ވޭނީ ދިރިއުޅުން، ބޭނުންވަނީ ދީލަތީ އެހީއެއް

2008 ވަނަ އަހަރު ޙާމިދު ރަޝީދު އާއި ޝަހީމާ ނަޢީމް ޒަވާޖީ ހަޔާތެއް ފެށީ ވަރަށް ލޯބިން ދިރިއުޅުމަށެވެ. އެ ދެމަފިރިން ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހި ފުރަތަމަ ދަރިފުޅު ލިބުނީ 2010 ވަނަ އަހަރުގަ އެވެ. އެ ލޯބި އަންހެން ދަރިފުޅާއެކު އާއިލާއަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. މި އުފާވެރި ދުވަސްތައް ގުނަމުންދާތާ 3 ވަނަ އަހަރު މި އާއިލާ އަށް ލިބުނީ އިތުރު މެންބަރަކު ލިބެން އުޅޭ ކަމުގެ އުފާވެރި […]