އިންސާނީ ޙައްޤުތަކުގެ ތެރެއިން އަވަށްޓެރިންގެ ޙައްޤުތައް

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ހުރިހައި އިންސާނުންނަށް ހަމަހަމަކަމާ، ކަރާމަތާއި، ހަމަޖެހުމާއި، ހައްޤުތައް ލިބިގެން އުޅެވޭނެ މަގުފަހި ވެފައިވަނީ ހަމައެކަނި އިސްލާމްދީނުގައެވެ.  މިކަމުގައި އަންހެނެއް ފިރިހެނެއް، ދޮންމީހެއް ކަޅު މީހެއް، ކުޑަކުއްޖެއް، ތަފާތުކުރުމެއްނެތެވެ. މިހުރިހައި އެންމެންވެސް އެއްބަޔަކު އަނެއް ބަޔަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތައްވަނީ ކަނޑަ އަޅުއްވާފައެވެ. މިޙައްޤުތަކުގެ ތެރެއިން އަވަށްޓެރިންގެ ޙައްޤަކީވެސް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ޙައްޤެކެވެ. އަވަށްޓެރިޔާއަށް މާތްކޮށް ހިތުމަށް އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އަދި އެޙައްޤުތަކަށް ރައްކާތެރިވުމަށް އަމުރު ކުރައްވާފައިވެއެވެ. މާތްﷲ […]

ކުރުވާހަކަ: ޑޭކެއަރ

ފަތިހުގެ ފުރަތަމަ ހައު ގޮވީ ސާމީ އޭނާގެ 6 މަހުގެ ތުއްތު ދަރިފުޅު ރޯތީ، ހޭލާ އިންދައެވެ. އެކަނިމާ އެކަނި މުސްކުޅި މަންމައަކާއިއެކު ދިރިއުޅެމުންދާ ސާމީއަކީ ދަރިފުޅަށް 4 މަހުން ފެށިގެން އެކަނިވެރި މަޔެކެވެ. ވަކިނުވެ އުޅެވޭތޯ ކިތަންމެ މަސައްކަތެއްވެސް ކުރިއެވެ. އެކަމަކުވެސް އެހެން އިތުރުގޮތެއް ނުފެނި، އެ ދިރިއުޅުން ރޫޅުނީއެވެ. އޭގެ ފަހުން އަމިއްލައަށް މަސައްކަތްކޮށްގެން ދަރިފުޅާ މަންމަ ބަލަހައްޓަމުންދަނީ ނެތް ހިތްވަރު ނެރެގެންނެވެ. ކިތަންމެ ނިދަން ބޭނުންވިއަސް ނިދޭކަށް ނެތެވެ. 7 ޖަހާއިރަށް ވަޒީފާއަށް […]